ކޯވިޑް ކޭސްތައް ފަސް ޕަސެންޓަށްވުރެ އިތުރު ރަށްތައް ހާމަކޮށްފި

މިހާރު ކޯވިޑް-19 ކޭސްތައް ފަސް ޕަސެންޓަށްވުރެ އިތުރު ރަށްތަކުގެ ނަންތައް ހާމަކޮށްފި އެވެ. އެޗްޕީއޭއިން ގެޒެޓުކޮށްފައިވާ ލިސްޓުގައި ވާގޮތުން މާލެ ސަރަހައްދު ހިމެނޭ ގޮތަށް މިހާރު ރާއްޖޭގެ ހަތް ރަށެއް އެ...

20 Apr 2021 | 07:36

މިހާރު ކޯވިޑް-19 ކޭސްތައް ފަސް ޕަސެންޓަށްވުރެ އިތުރު ރަށްތަކުގެ ނަންތައް ހާމަކޮށްފި އެވެ.

އެޗްޕީއޭއިން ގެޒެޓުކޮށްފައިވާ ލިސްޓުގައި ވާގޮތުން މާލެ ސަރަހައްދު ހިމެނޭ ގޮތަށް މިހާރު ރާއްޖޭގެ ހަތް ރަށެއް އެބައޮތެވެ. އެއީ މާލޭ ސިޓީ، ޅ. ނައިފަރު، ބ. މާޅޮސް، ކ. ދިއްފުށި، ހުރާ އަދި އދ. މާމިގިލީގެ އިތުރުން ތ. ވޭމަންޑޫ އެވެ.

އެޗްޕީއޭގެ އުސޫލުގައި ބުނެފައިވާ ގޮތުގައި ކޯވިޑު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށްފަހު، ރަށެއްގައި ބަލިއުޅޭ ނިސްބަތް ފަސް ޕަސެންޓަށްވުރެ އިތުރު ރަށަކުން އެ ނޫން ރަށަކަށް ދަތުރު ކުރާނަމަ ޕީސީއާރު ނެގެޓިވް ނަތީޖާ ބޭނުންވާނެ އެވެ. އަދި ރަށެއްގައި ދިރިއުޅޭ އާބާދީގެ 60 ޕަސެންޓު މީހުންނަށް ކޯވިޑް ވެކްސިން ގެ ދެ ޑޮޒު ހަމަވެފައިވާ ނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރުމަށް ހުޅުވައިލެވޭނެ އެވެ.

އެކަމަކު ރަށެއްގައި ބަލި އުޅޭ ނިސްބަތް ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ފަސް ޕަސެންޓަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީސީއާރު ނެގެޓިވް ރެޒަލްޓެއް ބޭނުންވާނެ ކަމަށާއި ވެކްސިން ޖެހުމަށް ޝަރުތު ހަމަނުވާ ކުދިން ދަތުރުކުރަން ޖެހޭނަމަ، ޕީސީއާރު ނެގެޓިވް ރެޒަލްޓެއް ބޭނުންވާނެ ކަމަށް ބުންޏެވެ.

އެޗްޕީއޭގެ އުސޫލު ބުނާގޮތުން ފަތުރުވެރިން ހިމެނޭހެން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ރާއްޖެ އެތެރެވާއިރު ޕީސީއާރު ނެގެޓިވް ރެޒަލްޓެއް ބޭނުމެއް ނުވާނެއެވެ. އަދި އެ ފަރާތްތަކުން ކަރަންޓީނު ފުރިހަމަ ކުރާކަށްވެެސް ނުޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް