މާލެ ސިޓީ ކައުންސިލްގެ އިދާރާއިން ސިވިލް ކޯޓަށް ހާޒިރު ނުވެގެން އެކަން ކޯޓުން އިއުލާން ކޮށްފި އެވެ.
އެ އިޢުލާންގައި ސިވިލް ކޯޓުން ބުނީ މާލެ ސިޓީ ކައުންސިލް ކޯޓަށް ހާޒިރު ކުރަނީ މިލްކުވެރިކަމާ ގުޅޭ މައްސަލައެއްގައި ކަމަށާއި މައްސަލައަކީ ސެޕްޓެމްބަރު 23، 2020 ގައި އަމިއްލަ ފަރުދަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެއް ކަމަށެވެ.
ސިޓީ ކައުންސިލް ތަމްސީލު ކުރާނެ ފަރާތެއް ކޯޓަށް ހާޒިރުވެފައި ނުވާތީ ސިވިލް ކޯޓަށް ސިޓީ ކައުންސިލް ހާޒިރުވާން އިއުލާން ކޮށްފައި ވާއިރު، އިއުލާންގައި ބުނީ މިމަހުގެ 21 ވަނަ ދުވަހަށް ސިޓީ ކައުންސިލުން ކޯޓަށް ހާޒިރު ވާން ޖެހޭނެ ކަމަށެވެ. ސިޓީ ކައުންސިލުން ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ޣައިރުހާޒިރުގައި މައްސަލަ ކުރިއަށް ގެންދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
ފޯނަށް ޖަވާބު ނުދެއްވާތީ މިކަމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތެއް ނުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް