ރާއްޖެއިން ކޯވިޑް-19 ޖެހިގެން އިތުރު މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ ކޯވިޑް ޖެހިގެން މަރުވެފައިވަނީ އުމުރުން 80 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެމީހާ މަރުވީ ރޭ 11:25 ހާއިރު އެވެ.
އެޗްޕީއޭއިން ބުނީ މަރުވި އިރު އެމީހާއަށް ފަރުވާ ދެމުން ދިޔައީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކަމަށެވެ. މިއީ ރާއްޖެއިން މި ބަލީގައި މަރުވި 71 ވަނަ މީހާ އެވެ.
އަދި މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި މަރުވި ހަތަރު ވަނަ މީހާ އެވެ. ކޯވިޑް ޖެހިގެން މިދިޔަ ހޮނިހިރު ދުވަހު ދެ މީހުން މަރުވެފައި ވާއިރު އާދިއްތަ ދުވަހުވެސް މީހަކު މަރުވެފަ ވެއެވެ.
އޭގެ ތެރެއިން ދެ މީހުންނަކީ ހަރަކާތް ކުރުން ހުއްޓާލުމުން އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗުގެ އެމަޖެންސީއަށް ފަރުވާ ދޭން ގެންދިޔަ އުމުރުން ދުވަސްވީ ދެމީހުންނެވެ.
އެޗްޕީއޭއިން ވަނީ އުމުރުން ދުވަސްވީ މީހުންގެ ހަރަކާތްތަކަށް އަންނަ ބަދަލުތައް އާއިލާއިން ރަނގަޅަށް ބެލުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް