މާލޭ ހުކުރު މިސްކިތާއި މެދުޒިޔާރަތް ސާފުކޮށް، ޒީނަތްތެރި ކުރުމުގެ މަސައްކަތުގެ ތެރެއިން ސްޓެލްކޯގެ ގެ އެހީތެރިކަމާއެކު މާލޭ ހުކުރު މިސްކިތުގެ މުންނާރު ސާފުކޮށް އުވަލުމުގެ މަސައްކަތް ކޮށް ނިމިފައިވާކަމަށް، ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް އިން ބުނެފިއެވެ.
ސްޓެލްކޯގެ މި މަސައްކަތަކީ އެ ކުންފުނީގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ކޮންމެ އަހަރަކު ކުރާ މަސައްކަތެކެވެ. މި މަސައްކަތް ސްޓެލްކޯއިން ފެމި މަސައްކަތް އެ ކުންފުނިން ފެށީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.
މަސައްކަތް ފެށުމަށްޓަކައި މާލޭ މެދު ޒިޔާރަތް ޒީނަތްތެރިކުރުން ފައްޓަވައިދެއްވާފައި ވަނީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން އާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއެވެ.
ހުކުރު މިސްކިތް ހިމާޔަތް ކޮށް، އެ ތަން މަރާމާތުކުރުމުގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ ދެވަނަ ދުވަހުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް