މާބަނޑު ދުވަސްވަރުގެ އިހުސާސްކޮށްދޭން ފިރިމީހާގެ ބަނޑުގައި ކަރައެއް އައްސައިފި

މާބަނޑު އަންހެނާ ނުވަ މަސް ދުވަހު، ބަނޑާއެކު އުޅެންޖެހޭ ހާލު އިހުސާސް ކޮށްދިނުމަށްޓަކައި އަންހެނަކު އޭނާގެ ފިރިމީހާގެ ބަނޑުގައި ކަރައެއް ޖައްސައިފި އެވެ. ޓިކްޓޮކްގައި އަންހެން މީހާ ދޫކޮށްލާފައިވާ ވީޑި...

20 Apr 2021 | 05:41

މާބަނޑު އަންހެނާ ނުވަ މަސް ދުވަހު، ބަނޑާއެކު އުޅެންޖެހޭ ހާލު އިހުސާސް ކޮށްދިނުމަށްޓަކައި އަންހެނަކު އޭނާގެ ފިރިމީހާގެ ބަނޑުގައި ކަރައެއް ޖައްސައިފި އެވެ.

ޓިކްޓޮކްގައި އަންހެން މީހާ ދޫކޮށްލާފައިވާ ވީޑިއޯއެއްގައި ފެންނަގޮތުން، ފިރިހެން މީހާގެ ބަނޑުގައި ޓޭޕު އޮޅައި ބޮޑު ކަރައެއް އައްސާފައި ހުންނަތަނެވެ. އަދި އެގޮތަށް ހުރެ ސޯފާއެއްގައި އިށީންދެގެން، ފިރިހެން މީހާ ބޫޓަށް އަރަން މަސައްކަތް ކުރެއެވެ. ނަމަވެސް ބަނޑާ ދިމާއަށް އޮތް ކަރާ ބޮޑުކަމުން، އޭނާއަށް ބޫޓަށް އަރަން އުނދަގޫވެއެވެ. އަދި ވަރަށް ހާލުން ބޫޓަށް އަރަން އުޅޭތަން ފެނެ އެވެ.

އެ ފިރިހެން މީހާގެ ހަރަކާތްތަކަށް ބަލާއިރު، 'ކަރާ ބަނޑު' ގެ ސަބަބުން ބޫޓަށް އަރަން އުނދަގޫވެގެން އުޅޭކަން އޭނާގެ މޫނުމަތިންނާއި އަތުގެ ހަރަކާތުން އެނގެއެވެ.

އޭގެފަހުގައި ދައްކަނީ ފިރިހެން މީހާ 'ކަރާ ބަނޑާއެކު' އެނދުގައި އޮށޯންނަ ތަނެވެ. އެންމެ ފުރަތަމަ އުއްޑުން އޮށޯވެ އޮތުމަށް ފަހު، ސިކުންތުކޮޅެއްގެ ތެރޭގައި އަރިއަކަށް އޮށޯވެއެވެ. 'ކަރާ ބަނޑާ ހުރެ' އުއްޑުން އޮންނަން އުނދަގޫވީ ކަމަށް ވެދާނެއެވެ.

އެހެން އޮތުމަށްފަހު ފިރިހެންމީހާ ތެދުވެއެވެ. ނަމަވެސް ތެދުވަނީވެސް ވަރަށް އުނދަގުލާއެކު އެނދުގައި އެއް އަތުން ހިފައްޓައިގެން، 'ކަރާ' ބަނޑުގައި އަނެއް އަތުން ހިފަހައްޓައިގެންނެވެ.

https://fb.watch/4_8LMFpceM/

"ކަރާ ބަނޑާއި" އެކު އޭނާ އަންހެނުން ތިންވަނަ ޓާސްކް އެއްގޮތަށް ކުރަން ޖެއްސީ ވެއްޓިފައި އޮތް ރިމޯޓެއް ނެގުމަށެވެ. އުނދަގުލާއެކު އޭނާ އެ ޓާސްކްވެސް ފުރިހަމަ ކުރެއެވެ.

މަޖަލަކަށް ކުރިކަމެއް ނަމަވެސް، މިހާރު ކޮންމެވެސް ވަރަކަށް އެ ފިރިހެން މީހާއަށް އުނދަގޫ އިހުސާސް ކުރެވުނު ކަމަށް ބަލަމާ ހެއްޔެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް