ދިވެހި މަސްކަނޑުގެ ވަޒީފާތައް ބިދޭސީންނަށް ހުޅުވާލުމަކީ ގެއްލުމެއް

ދިވެހި މަސްކަނޑުގެ ވަޒީފާތައް ބިދޭސީންނަށް ހުޅުވާލުމަކީ ގައުމަށް ގެއްލުންހުރި ކަމެއް ކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކަންބޮޑުވުން ފާޅުކޮށްފި އެވެ. ބޮންޑޭ މި ...

20 Apr 2021 | 04:53

ދިވެހި މަސްކަނޑުގެ ވަޒީފާތައް ބިދޭސީންނަށް ހުޅުވާލުމަކީ ގައުމަށް ގެއްލުންހުރި ކަމެއް ކަމަށް ވިދާޅުވެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ބޮންޑޭ މި މޭރުމުން ކަންބޮޑުވުން ފާޅުކުރެއްވީ، މަސް ދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅެން މިނިސްޓްރީ އޮފް ފިޝަރީޒް އިން އިއްޔެ ހުއްދަ ދޭން ނިންމުމާ ގުޅިގެންނެވެ.

ނަމަވެސް، މިނިސްޓްރީން އެ ހުއްދަ ދީފައިވަނީ ސީދާ މަސްވެރިކަން ކުރުމުގައި ބިދޭސީންގެ ބައިވެރިވުން ނުހިމެނޭ ގޮތަށެވެ. މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ހަރަކާތްތެރިވުމަށް ބިދޭސިންނަށް ހުއްދަ ދިނުމަށް ހަމަޖެހިފައި ވަނީ ކައްކާ އެއް ނުވަތަ ދޯނި ފޮޅާ ސާފުކުރާ ނުވަތަ ބަލަހައްޓާ މީހެއްގެ ގޮތުގަ އެވެ.

މިކަމާ ގުޅިގެން ބޮންޑޭ ވިދާޅުވީ މިފަދަ ނިންމުމެއް ނިންމާފައި ވަނީ މަސް ދޯނީގައި "ކައްކާ ފޮޅާސާފުކުރާ ވަޒީފާ" ތަކަށްދާން ޝައުގުވެރިވާ ދިވެހިން ތިބިތޯ ވެސް ނުބަލައި އަދި މިކަމަށް ދިވެހިން ތަމްރީނުކުރުމެއް ވެސް ނެތި ކަމަށެވެ.

އެގޮތުން ދިވެހި މަސްކަނޑުގެ ވަޒީފާތައް ބިދޭސީންނަށް ހުޅުވާލުމަކީ "މަަސް ވުޒާރާގެ" ޒިންމާދާރުކަން ކުޑަ ގައުމަށް ގެއްލުންހުރި ނިންމުމެއް ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ މަސްވެރިކަމުގެ އާންމު ގަވައިދުގެ 13 ވަނަ މާއްދާގެ ދަށުން މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ސަރުކާރުގެ ކަމާ ގުޅޭ އުސޫލުތަކާ އެއްގޮތަށް އެ އުޅަނދެއްގައި މަސައްކަތްކުރަން ހޯދާ ވޯކް ޕާމިޓެއްގެ ދަށުން ދެ ބިދޭސިންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް