އައްޑޫ ސިޓީގެ މިސްކިތްތަކަށް އުރީދޫ މޯލްޑިވްސް އިން މުސްހަފް ހަދިޔާކޮށްފިއެވެ.
އެގޮތުން އުރީދޫ މޯލްޑިވްސް އިން އައްޑޫގެ މިސްކިތްތަކަށް ބެހުމަށް 30 މުސްހަފް ވަނީ އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ. މުސްހަފްގެ އިތުރުން އުރީދޫން ވަނީ 30 މުސައްލަ އަދި 30 ތަސްބީހަ ވެސް ހަދިޔާކޮށްފައެވެ.
މި ތަކެތި އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްފައި ވަނީ އިއްޔެ އެވެ.
މި ތަކެތި އުރީދޫ މޯލްޑިވްސްގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލާ ހަވާލުކުރެއްވީ އެ ކުންފުނީގެ ސީނިއަރ ސޭލްސް ސުޕަވައިޒަރ- ސައުތު، ޢާއިޝަތު ޝަޒްނާ އެވެ. ސިޓީ ކައުންސިލްގެ ފަރާތުން މި ތަކެއްޗާއި ހަވާލުވެލެއްވީ އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.
އައްޑޫ ކައުންސިލުން ވަނީ އުރީދޫން މި ތަކެތި ހަދިޔާކުރުމުން އެ ކުންފުންޏަށް ޝުކުރު އަދާކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް