ކޯވިޑް-19: އައްޑޫ ސިޓީގައި ބޯކޮށާ ތަންތަން މިއަދުން ފެށިގެން ބަންދުކުރަން އަންގައިފި

އައްޑޫ ސިޓީގައި ހިންގާ ބޯކޮށުމުގެ ހިދުމަތްދޭ ތަންތަން މިއަދުން ފެށިގެން ބަންދުކުރަން އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ. މިކަން އަންގާފައިވަނީ އެ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައެވެ. އެ އިއު...

20 Apr 2020 | 18:55

އައްޑޫ ސިޓީގައި ހިންގާ ބޯކޮށުމުގެ ހިދުމަތްދޭ ތަންތަން މިއަދުން ފެށިގެން ބަންދުކުރަން އައްޑޫ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މިކަން އަންގާފައިވަނީ އެ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައެވެ.

އެ އިއުލާނުގައި ބުނެފައިވަނީ ކޮރޯނާ ވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ މިންވަރު ދުވަހުން ދުވަހަށް ދިވެހިރާއްޖޭގައި އިތުރުވަމުން ދިއުމާއިގުޅިގެން  ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 39 ވަނަ މާއްދާގެ (ޓ)، (ޗ) އާއި ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު ގެ 41 ވަނަ މާއްދާގެ (ށ) ، (ނ) އިން ކައުންސިލަށް ލިބިދީފައިވާ ބާރުގެ ދަށުން އައްޑޫގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިއަދުން ފެށިގެން ވަކި މުއްދަތެއް އަންގަންދެން އައްޑޫސިޓީގައި ބޯކޮށާ ތަންތަނުން ޙިދުމަތް ދިނުމަކީ މަނާކަމެއް ކަމަށެވެ.

މި އެންގުމާއި ޚިލާފުވާ ފަރާތްތަކަށް ޤާނޫނު ނަމްބަރު 2010/7 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލަމާރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުގެމަތިން ޤާނޫނީ ފިޔަވަޅު އެޅޭނެކަމަށްވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

އައްޑޫ ސިޓީކައުންސިލުން މިފަދަ ނިންމުމެއް މިރޭ ނިންމާފައިވާއިރު ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުން މިއަދު ވަނީ މިފަދަ ނިންމުންތަކެއް ނިންމުމުގެ ބާރުތަކަކާއި މަސްއޫލިއްޔަތު ތަކެއް ކައުންސިލްތަކަށް މަތިކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް