ކޯވިޑް-19 އާއި ގުޅިގެން ކ. ގުރައިދޫ މޮނީޓަރިން ހާލަތަށް ގެންގޮސްފިއެވެ.
މިކަން ހާމަކުރީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުގައެވެ. މި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ އެ ރަށް މޮނީޓަރިން ހާލަތަށް ގެންގޮސްފައިވާކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ގުރައިދޫ މޮނީޓަރިން ހާލަތަށް ގެންދިޔަކަން އެޗްޕީއޭއިން އެންގީ މިރޭ 06:31ގައެވެ.
ގުރައިދޫ ކަރަންޓީނަށް ގެންގޮސްފައިވަނީ މި މަހު ކުރީކޮޅު އެރަށުން މާލެ އައިސް އެ ރަށަށް އަނބުރާގޮސްފައިވާ މީހެއްގެ ގައިން ކޯވިޑް-19 ގެ އަލާމާތްތައް ފެނުމުންނެވެ. ބެލެވޭގޮތުގައި އެމީހާގެ ސާމްޕަލް ނަގައި ނަތީޖާ ލިބެންދެން އެ ރަށް ބާއްވާނީ މޮނީޓަރިން ހާލަތުގައެވެ. ނޫންނަމަ ކޮންޓެކްޓް ޓްރޭސިން ހަދާފައި އެކަހެރި ކުރަން ޖެހޭ މީހުން އެކަހެރި ކުރުމަށްފަހުވެސް ރަށް މޮނީޓަރިން ހާލަތުން ނަގާފާނެއެވެ.
ކ. ގުރައިދުއާއެކު މިހާރު މޮނީޓަރިން ހާލަތުގައި ހުރި ރަށް ތަކަކީ ހއ. މާރަންދޫ، ހދ. ނޮޅިވަރަމް، ހދ. ވައިކަރަދޫ، ހދ. ހިރިމަރަދޫ، ހއ ހޯރަފުށި ހއ. ތުރާކުނު، ހއ. އިހަވަންދޫ، ހއ. އުލިގަމު، ޖޮވެލި މޯލްޑިވްސް، ބޮޑުފުށި ރިސޯޓް ކޮންސްޓްރަކްޝަން ސައިޓް، މޯލްޑިވިއާނާ ސަފާރީއެވެ. މާލެ އޭރިއާ މިއޮތީ ލޮކްޑައުންގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް