ކޯވިޑް-19: ފެތުރުން ހުއްޓުވަން އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ތެދު ހެދުން: ޑރ. އަލީ ލަތީފް

ކޯވިޑް-19 މާލެ އަދި ރާއްޖޭގައި ފެތުރެން ފަށައިފިކަން މިހާރު ކަށަވަރުވެފައިވާއިރު މި ވައިރަސް ހުއްޓުވަން އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅަކީ ތެދު ހެދުން ކަމުގައި ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ. ޑރ. އަ...

20 Apr 2020 | 16:55

ކޯވިޑް-19 މާލެ އަދި ރާއްޖޭގައި ފެތުރެން ފަށައިފިކަން މިހާރު ކަށަވަރުވެފައިވާއިރު މި ވައިރަސް ހުއްޓުވަން އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅަކީ ތެދު ހެދުން ކަމުގައި ޑރ. އަލީ ލަތީފް ވިދާޅުވެއްޖެއެވެ.

ޑރ. އަލީ ލަތީފް މިހެން ވިދާޅުވީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ނޫސްވެރިންގެ މި ބައްދަލުވުމުގައި ޑރ. އަލީ ލަތީފް ވިދާޅުވީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިއަށްދާއިރު ތިމާ އަކީ ކޮންޓެކްޓެއްކަން އެނގުމާއެކު އެކަމަށް އެއްބަސްނުދެވާނެ ކަމަށެވެ. ނަމަވެސް ފަހުން ކޭސް ޕޮޒިޓިވް ވީމަ އެއްވެސް ވެދާނެ ކަމަށެވެ. އެހެންކަމުން މިފަދަ ބޮޑުކަމެއް ހިނގަމުންދާއިރު ބަލި ކޮންޓްރޯލް ކުރުމަށް އެޅޭނެ އެންމެ ބޮޑު ފިޔަވަޅަކީ ތެދު ހެދުން ކަމުގައި ޑރ. އަލީ ލަތީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ. ފާހަގަކުރެއްވި ބައެއް ކަންތައްތަކުގެ ތެރޭގައި ހިމެނެނީ މިހާރު ކޮންޓެކްޓް ޓްރޭސިންގައި ދެނެގަނެވިފައިވާ މީހުންގެ އަދަދު ގިނަވެފައިވާއިރު މޮނީޓަރިންނަށް މީހުން ގެންދިއުން ތަންކޮޅެއް ލަސްވެދާނެ ކަމަށެވެ. 24 ގަޑިއިރުވިޔަސް 48 ގަޑިއިރުވިޔަސް ގޭގައިވެސް ވަކިވެ ވަކިން ކެތްތެރިކަމާއެކު މަޑުކޮށްލުމަށް އެދިލެއްވިއެވެ. އަދި އެ ވަގުތުތަކުގައި އަލާމާތެއް ފެންނަނަމަ އަންގާލަދިނުމަށްވެސް އެދިލެއްވިއެވެ. އަދި އޭރަށް ޕްރިއޮރަޓައިޒް ދެވޭނެ ކަމަށާއި ނަމަވެސް މިކަމުގައިވެސް ދޮގު ނުހެދުމަށް ތަކުރާރުކޮށް އިލްތިމާސް ކުރެއްވިއެވެ.

މީގެ އިތުރުން ޑރ ވިދާޅުވީ ލޮކްޑައުން ހިންގާފައި އޮތީމާ ފެތުރޭލެއް މިންވަރުން އެބަ މަދުވާ ކަމަށާއި ރައްޔިތުން ބަރާބަރަށް އެއްބާރުލުން ނުދޭނަމަ އަދިވެސް މައްޗަށް ގޮސްދާނެކަންވެސް ފާހަގަ ކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް