ފުލުހުންނާއި އެމްއޭސީއެލްގެ އެހީތެރިކަމާއެކު ހޮސްޕިޓަލަށް ގެންދިޔަ މާބަނޑު އަންހެން މީހާ ވިހައިފި، ދެމައިންގެ ހާލުވެސް ރަނގަޅު

މާފަންނު ހުދުމާ ސަރަހައްދުން ފުލުހުންނާއި އެމްއޭސީއެލްގެ އެހީގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މާބަނޑު އަންހެން މީހާ ވިހައިފިއެވެ. ދެމައިންގެ ހާލުވެސް ރަނގަޅެވެ. މާބަނޑު އެ އަންހެން މީހާ ފުލުހުންގ...

20 Apr 2020 | 15:33

މާފަންނު ހުދުމާ ސަރަހައްދުން ފުލުހުންނާއި އެމްއޭސީއެލްގެ އެހީގައި އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔަ މާބަނޑު އަންހެން މީހާ ވިހައިފިއެވެ.

ދެމައިންގެ ހާލުވެސް ރަނގަޅެވެ.

މާބަނޑު އެ އަންހެން މީހާ ފުލުހުންގެ މުލައްދަނޑިމަތީން ގެންގޮސް އެމްއޭސީއެލްގެ ވެހިކަލަކަށް އަރުވާ މަންޒަރު ސޯޝަލް މީޑިއާގައި މިއަދު ދައުރުވިއެވެ. އެ މަންޒަރާއެކު ދައުރުވި މެސެޖުގައި ބުނެފައިވަނީ ހުދުމާ ސަރަހައްދަށް ވެއްޓިފައި އޮތް މާބަނޑު އަންހެނަކު ގެންދިޔައީ ކަމަށެވެ.

ނަމަވެސް ފުލުހުން މީޑިއާތަކަށް މައުލޫމާތުދެމުން ބުނީ އެއީ ވެއްޓިފައި އޮތް މީހެއް ނޫން ކަމަށާއި މާބަނޑު މީހަކު ހޮސްޕިޓަލަށް ދާން ފުލުހުން އެހީތެރިވީ ކަމަށެވެ. އޭނާއަކީ ވެއްޓިފައި އޮތް މީހެއް ނޫން ކަމަށެވެ. އެއީ ގެޔަކުން ތިރިއަށް ބޭލި މީހެއް ކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި އެ އަންހެންމީހާ ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރެއްނުވެ ވަނީ ވިހާފައެވެ. ދެމައިންގެ ހާލުވެސް ރަނގަޅު ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް