މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ވެކްސިން ދިނުން މި ހާލަތުގައި ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.
އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިގޮތަށް ހަމަޖައްސަން ޖެހުނު ސަބަބަކީ ކޯވިޑް-19 ގެ ބަލި މީހުން މިހާރު މާލެތެރެއިން ފެންނަމުން ދާތީއާއި މާލޭގައި ބަލި ހަލުވިކަމާއެކު ފެތުރުމުގެ ހާލަތުގައި ވާއިރު ވެކްސިން ދިނުމަށް މިވަގުތު ވެކްސިން ދޭ މަރުކަޒުތަކަށް ދިއުމަށްވުރެ ގޭގައި މަޑުކުރުން ރައްކާތެރި ކަމުގައި ބެލެވޭތީއެވެ.
މި 14 ދުވަހުގެ މުއްދަތަށްފަހު މިހާލަތު މިއަށްވުރެ ދިގުދެމިގެންދާނަމަ މާލެ ސަރަހައްދުގައި ވެކްސިން ދިނުން ކުރިއަށްގެންދިއުމަށް ހަމަޖައްސާގޮތެއް އިއުލާނުކުރާނެ ކަމުގައިވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް