ކޯވިޑް-19: ސިއްރުން ކޮނޑޭއަށް އެރި 60 އަހަރުގެ މީހަކު ހައްޔަރުކޮށްފި

ކޯވިޑް-19 ގެ މި ހާލަތުގައި ރަށްރަށުގައި ރައްޔިތުން ފުރަބަންދުގައި ތިބުމަށް އަންގާފައިވާ އެންގުމާ ހިލާފަށް ސިއްރުން ގއ. ކޮނޑޭއަށް އެރި މީހަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ އުމުރުން 60 އަހަރު...

20 Apr 2020 | 14:20

ކޯވިޑް-19 ގެ މި ހާލަތުގައި ރަށްރަށުގައި ރައްޔިތުން ފުރަބަންދުގައި ތިބުމަށް އަންގާފައިވާ އެންގުމާ ހިލާފަށް ސިއްރުން ގއ. ކޮނޑޭއަށް އެރި މީހަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 60 އަހަރުގެ މީހެކެވެ. އެއީ ގއ. ގެމަފުށިން ކޮނޑޭއަށް ދިޔަ މީހެކެވެ.

ފުލުހުން ބުނެފައިވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ގއ. ގެމަނަފުށިން 60 އަހަރުގެ ދިވެހި ފިރިހެނަކު ކައުންސިލްގެ ހުއްދަ ނެތި ސިއްރުން ޑިންގީއެއްގައި ގއ. ކޮނޑޭއަށް ގޮސް އެ ރަށު ކައުންސިލްގެ ހުއްދަ ނެތި ފުއްޓަރު ފަރތުން އެ ރަށަށް ކައިރިކޮށް ސިއްރުން އެ ރަށަށް އަރައިގެން އުޅެނިކޮށް އޭނާ ވަނީ ހައްޔަރުކޮށްފައި ކަމަށެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މި ނާޒުކު ދަނޑިވަޅުގައި ހުރިހާ ބޭފުޅުންވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ އެންގެވުމާ އެއްގޮތަށް އަމަލުކުރެއްވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް