އިހުސާން ފިހާރައިގާ މަސައްކަތްކުރާ، ބަންގްލަދޭޝަށް ނިސްބަތްވާ ދެމީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު، ޔޫތު މިނިސްޓްރީން އެކުލަވާލި ވޮލަންޓިއަރުންގެ ޓީމާއި މިނިސްޓަރު މަހްލޫފް ސެލްފް އައިސޮލޭޓް ވެއްޖެއެވެ.
ޔޫތު މިނިސްޓްރީން އާންމުކޮށް އިއުލާނުކޮށްގެން ހޮވާލި ވޮލަންޓިއަރުންގެ ޓީމާއެކު ޑެލިވަރީގެ މަސައްކަތް މިނިސްޓަރު މަހްލޫފާއި އެ ޓީމުގެ ބަޔަކު ފެއްޓީ އިހުސާން ފިހާރައިންނެވެ. އެއީ ހޮނިހިރު ދުވަހުގެ ރޭގައެވެ.
މިއާއެކު މިނިސްޓަރު މަހްލޫފް އޭނާގެ ފޭސްބުކް ޕްރޮފައިލްކޮށްފައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އިހްސާން ފިހާރައިން ދެ މީހުން ޕޮޒިޓިވް ވިކަން ފިހާރައިން އެންގި ވަގުތުން ފެށިގެން، އެކުލަވާލާފައިވާ އުސޫލާ އެއްގޮތަށް ވަގުތުން ވޮލަންޓިއަރުންގެ މަސައްކަތް ހުއްޓާލައި ގޭގައި މަޑުކުރަން ވާނީ އެންގިފައި ކަމަށެވެ.
"ދުއާއަކީ އެންމެންނަށް ރައްކާތެރިކަން ދެއްވުން" މިނިސްޓަރުގެ ޕޯސްޓްގައި ލިޔުއްވާފައިވެއެވެ.
މިއަދު މާލެއިން ޖުމްލަ 15 މީހަކު ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން ހަ މީހަކީ ބިދޭސީންނެވެ. އެ ހަ ބިދޭސީންގެ ތެރޭގައި ހިމެނޭ ދެމީހަކީ އިހުސާން ފިހާރައިގާ މަސައްކަތްކުރާ ދެ މުވައްޒަފެކެވެ. ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މައުލޫމާތު ހާމަކުރިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް