ނޭޕާލާއި ބަންގްލަދޭޝް އިން ދިވެހި ކިޔަވާ ކުދިންނާއި ބަންގްލަދޭޝް އިން ފޮނުވަދިން މެޑިކަލް ޓީމު ރާއްޖެ އަތުވެއްޖެ

ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ކިޔަވާ ކުދިންނާއި ބަންގްލަދޭޝް އިން މި ހާލަތުގައި ދިވެހި މެޑިކަލް ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފޮނުވި އެ ގައުމުގެ މެޑިކަލް ޓީމު މިއަދު ރާއްޖެ އަތުވެއްޖެއެވެ. ނޭޝ...

20 Apr 2020 | 13:36

ނޭޕާލާއި ބަންގްލަދޭޝްގައި ތިބި ކިޔަވާ ކުދިންނާއި ބަންގްލަދޭޝް އިން މި ހާލަތުގައި ދިވެހި މެޑިކަލް ޓީމުތަކަށް އެހީތެރިކަން ފޯރުކޮށްދޭން ފޮނުވި އެ ގައުމުގެ މެޑިކަލް ޓީމު މިއަދު ރާއްޖެ އަތުވެއްޖެއެވެ.

ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ތަރުޖަމާނު މަބްރޫކް ވިދާޅުވި ގޮތުގައި މި ފްލައިޓުން އަންނާނީ 81 މީހެކެވެ. އެއީ ނޭޕާލުން އަންނަ 18 ކިޔަވާ ކުދިންނާއި ބަންގްލަދޭޝް އިން އަންނަ 53 ކިޔަވާ ކުދިންނާއި 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ބަންގްލަދޭޝްގެ މެޑިކަލް ޓީމެކެވެ.

އައިސްފައިވަނީ ބަންގްލަދޭޝްގެ އަސްކަރީ ފްލައިޓެކެވެ. މި ފްލައިޓް އެނބުރިދާނީ ލިޔެކިޔުން ނެތި ރާއްޖޭގައި އުޅެމުންދާ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންގެ ތެރެއިން 70 މީހަކު ގޮވައިގެން ކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރޭގައި އިއުލާނުކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް