ތެލަސީމިއާ ކުދިން ގޮތް ހުސްވެފައި، ލޭ ހަދިޔާ ކުރައްވާ، ދިއުމުގެ އިންތިޒާމް ހަމަޖެހޭނެ

ކޯވިޑް-19 އާއި ގުޅިގެން ލޭ ލިބުން ދަތިވެ ތެލަސީއާ ކުދިންނަށް ލޭ ހަދިޔާ ކޮށްދިނުމަށް އަނެއްކާވެސް ގޮވަލާފައި އެވެ. މިއީ ކޯވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވާން ފެށިފަހުން ތެލެސީމިއާ ކުދިން ލޭ ބޭނުންވެގ...

20 Apr 2020 | 12:01

ކޯވިޑް-19 އާއި ގުޅިގެން ލޭ ލިބުން ދަތިވެ ތެލަސީއާ ކުދިންނަށް ލޭ ހަދިޔާ ކޮށްދިނުމަށް އަނެއްކާވެސް ގޮވަލާފައި އެވެ.

މިއީ ކޯވިޑް-19 ގެ ހާލަތު ރާއްޖޭގައި ގޯސްވާން ފެށިފަހުން ތެލެސީމިއާ ކުދިން ލޭ ބޭނުންވެގެން އާދޭހާއިރު އެދުނު ތިން ވަނަ ފަހަރެވެ. ކުރިން އެދިފައިވަނީ ވަކި ގްރޫޕުތަކުގެ ލޭ ހޯދުމަށް ކަމަށް ވިޔަސް މާލޭގެ ލޮކްޑައުން އާއި ގުޅިގެން ހުރިހާ ގްރޫޕެއްގެ ލޭ ލިބުމުގައި ވަނީ ދަތިތަކާއި ހުރަސްތައް ކުރިމަތިވެފައި އެވެ.

ތެލަސީމިއާ ސެންޓަރުން ބުނީ ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން3338866 އަދި3306089 ނަމްބަރަށް ގުޅައި އެޕޮއިންޓްމެންޓު ހެއްދުމަށް އެދޭ ކަމަށެވެ. އޭރުން އެމީހަކު ދޭ ފޯނު ނަމްބަރަކަށް ދިއުމުގެ އިންތިޒާމާއި ލޭ ހަދިޔާ ކުރަން ދާންވީ ގަޑި އަންގައިދޭނެ ކަމަށް ބުނެ އެވެ.

މީގެ އިިތުރުން ކޯވިޑް-19 އިން ރައްކާތެރި ކުރުމަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި އެ ފަރާތަކަށް ރައްކާތެރިކަން ފޯރުކޮށްދޭނެ ކަމަށް އެ ސެންޓަރުން މައުލޫމާތުދެ އެވެ.

އުމުރުން 18 އަހަރު ވެފައިވާ، ބަރުދަނުގައި 45 ކިލޯ ހުންނަ ކޮންމެ މީހަކަށް ލޭ ހަދިޔާކުރެވޭނެ އެވެ. އެކަމަކު ލޭ ހަދިޔާކުރެވޭނީ އެ މީހެއްގެ ހިމޮގްލޮބިން ކައުންޓް 12.5 އަށް ވުރެ މަތި މީހުންނަށެވެ. ހިމޮގްލޮބިން ކައުންޓާއި ލޭގެ ގްރޫޕް ނޭނގޭ ނަމަ އެ ސެންޓަރުން އެ ކަންތައްތައް ބަލައިދެ އެވެ.

ރާއްޖޭގައި މި ވަގުތު ލޭ އަޅާ 635 މީހުން/ކުދިން އެބަތިއްބެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި އުޅެނީ މާލޭގައި އެވެ.

ކޯވިޑް-19 އާއި ގުޅިގެން ލޭ ލިބުން ދަތިވާން ފެށީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ރިސޯޓުތަކުން މުވައްޒަފުން ފޭބުން މަނާ ކުރި ހިސާބުންނެވެ. އެ ސެންޓަރުން ބުނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވަރަށް ގިނައިން ލޭ ހަދިޔާ ކުރާ ބައެއް ކަމަށާއި ބައެއް ރިސޯޓުތަކުގައި ވަރަށް ގިނައިން ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމްތައް ކުރިޔަށް ގެންދާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް