އުމުރުން ދުވަސްވީ ދިވެއްސަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ

ރާއްޖެއިން އުމުރުން ދުވަސްވީ ދިވެއްސަކު ފުރަތަމަ ފަހަރަށް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ. މިއަދުގެ މިހާތަނަށް 15 މީހަކު މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އެމީހާ އަކީ އޭގެ ތެރެއިން އެ...

20 Apr 2020 | 11:31

ރާއްޖެއިން އުމުރުން ދުވަސްވީ ދިވެއްސަކު ފުރަތަމަ ފަހަރަށް ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.

މިއަދުގެ މިހާތަނަށް 15 މީހަކު މާލެއިން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވެ އެވެ. އެމީހާ އަކީ އޭގެ ތެރެއިން އެކަކެވެ.

އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ އެމީހާ އަކީ އުމުރުން60 އަހަރުން މަތީގެ މީހެއް ކަމަށެވެ. ބައްޔަށް ޕޮސިޓިވްވިޔަސް ހާލު ސީރިއަސް ނޫންކަމަށް ވިދާޅުވި އެވެ.

އެމީހާއަކީ ފްލޫ ކްލިނިކަށް ދެއްކި މީހެއް ކަމެއް ނުވަތަ ކުރިން ޕޮސިޓިވްވެފައިވާ މީހަކާއި ގުޅުން ހުރި މީހެއް ކަމެއް ވިދާޅެއް ނުވެ އެވެ.

ކޯވިޑް-19 ގައި އެންމެ ނުރައްކާތެރި ހާލަތަކަށް ފަސޭހައިން ދާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި ދިގު މުއްދަތަކަށް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި ފުއްޕާމޭ، ހަކުރު ބަލި، ކިޑްނީގެ ބަލިތަކަށް ފަރުވާ ހޯދާ މީހުން ހިމެނެ އެވެ.

މީގެ ކުރިން ރާއްޖެއިން ޕޮސިޓިވްވި ޓޫރިސްޓުންގެ ތެރެއިން އުމުރުން ދުވަސްވީ ދެމީހަކަށް ވަނީ ހާލު ސީރިއަސްވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދީފައި އެވެ. އިޓަލީއަށް ނިސްބަތްވާ އެ ދެ ޓޫރިސްޓުން މިހާރު ވަނީ ބަލި ރަނގަޅުވެގެން އެނބުރި ގައުމަށް ގޮސްފައި އެވެ.

މިހާތަނަށް ރާއްޖެއިން67 މީހަކު ޕޮސިޓިވް ވެފައިވާއިރު ގިނައީ ދިވެހިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް