ކޯވިޑް-19ގެ މި ހާލަތުގައި ދޮގު މައުލޫމާތު ފަތުރާނަމަ ފިޔަވަޅު އަޅުއްވާނެ ކަމުގެ އިންޒާރު ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްވައިފިއެވެ.
މި އިންޒާރު ސީޕީ ދެއްވާފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ސީޕީ ވިދާޅުވެފައިވަނީ އެފަދަ ކަންކަމުން ބިރުވެރިކަމާ ހާސްކަން އަދި ކަންބޮޑުވުން އުފެދޭ ކަމަށާއި އެފަދަ ކަންކަމުން ދުރުހެލިވުމަށް އެންމެ ފަރާތްތަކަށް އިލްތިމާސްކުރައްވާކަމަށެވެ.
އަދި ހަމަ އެހެންމެ މި ހާލަތުގައި މީހުންނަށް ފުރައްސާރަކުރާ ފަރާތްތަކާމެދުގައިވެސް ފިޔަވަޅު އަޅާނެ ކަމުގައި ސީޕީ ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް