ނ. މިލަދޫ އެސްޓީއޯ ފާމަސީ ފަޅާލައި އެ ފާމަސީގެ ތިޖޫރި ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އެ ފާމަސީގެ ދޮރު ހަލާކުކޮށްލައިގެން އެ ތަނުގެ ތިޖޫރި ވަގަށްނަގާފައިވާ މައްސަލަ މިއަދު ހެނދުނު 09:00 ހާއިރު ހުށަހަޅާފައިވެއެވެ.
އެ ތިޖޫރީގައި ހުންނާނީ 3000 ރުފިޔާ ވަރު ކަމަށް ފާމަސީން ބުނާކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް