އިތުރު ހަ ދިވެއްސަކާއި ދެ ބިދޭސީއަކު ކޯވިޑް19 އަށް ޕޮޒިޓިވް ވެ މާލެއިން ޕޮޒިޓިވްވި އަދަދު 40 އަށް އަރާފައިވާކަން އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެގޮތުން އެޗްޕީއޭއިން ބުނެފައިވާގޮތުގައި ކޭސް އަދަދު ތަކަކީ ކޭސް 53، ކޭސް 54، ކޭސް 55، ކޭސް 56، ކޭސް 57، ކޭސް 58، ކޭސް59 އަދި ކޭސް 60އެވެ. އެއީ ދެ ދިވެއްސަކާއި ބަންގްލަދޭޝަށް ނިސްބަތްވާ ހަ މީހަކު ކަމަށް ބުނެފައިވެއެވެ.
މި އެންމެންވެސް މިހާރު އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދެވިފައިވާކަމަށާއި މި ކޭސްތަކާއި، ކުރީގެ ކޭސްތަކާއި ގުޅުމެއް ވޭތޯ ބަލަމުން އަންނަ ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެވެ.
https://twitter.com/HPA_MV/status/1252164694204391424
ނޯޓް: ކުރިން ރިޕޯޓް ކުރެވުނީ ދެ ދިވެހީންނާއި ހަ ބިދޭސީން ކަމަށެވެ. އެގޮތަށް ރިޕޯޓް ކުރެވުނީ އެގޮތަށް އެޗްޕީއޭއިން ޓްވީޓް ކުރީމައެވެ. ނަމަވެސް އެޗްޕީއޭއިން އިސްލާހާއެކު ޓްވީޓް ކުރުމާއެކު މިވަނީ އިސްލާހް ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް