ރާޢްޖޭގައި ވަޒީފާ އަދާ ކުރަމުންދާ ބަންގްލަދޭޝް މީހުންގެ ތެރެއިން މި ދަނޑިވަޅު އެނބުރި ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފި އެވެ.
ރަޖިސްޓްރީ ވާން ދީފައިވަނީ ވަރަށް ކުޑަ ވަގުތުކޮޅެކެވެ. ސައްހަ ވިސާގައި ރާއްޖޭގައި މަސައްކަތް ކުރާ މީހުންގެ ތެރެއިން އެނބުރި ގައުމަށް ދާން ބޭނުންވާ މީހުން މިއަދު މެންދުރު ފަހު2:00 ގެ ކުރިން ރަޖިސްޓްރީވުމަށް އަންގާފައިވެ އެވެ.
ރަޖިސްޓްރީވުމަށް ގުޅަން ޖެހެނީ ރާއްޖޭގައި ހުންނަ ބަންގްލަދޭޝް ހައި ކޮމިޝަނަށެވެ. ފޯން ނަމްބަރަކީ7616636 ނުވަތަ3320859 އެވެ.
ބަންގްލަދޭޝް ހައިކޮމިޝަނާ ހަވާލާދީ އިމިގްރޭޝަނުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ މި ދަތުރުގައި ގެންދެވޭނެ ކަމަށް ބެލެވެނީ މާލެ ސަރަހައްދުގައި މަސައްކަތް ކުރާ މީހުންނަށެވެ. އަދި ފްލައިޓުން ލިބެނީ ވަރަށް ލިމިޓެޑް ޖާގަ ކަމަށް ބުނެފައިވެ އެވެ.
https://twitter.com/ImmigrationMV/status/1252138813406638080
ބެލެވޭ ގޮތުގައި ބަންގްލަދޭޝް މީހުުން އަނބުރާ ގައުމަށް ދިއުމުގެ ފުރުސަތު އެ ގައުމުގެ ހައިކޮމިޝަނުން ދޭން ނިންމާފައި މިވަނީ އެ ގައުމުގައި ތިބި ދިވެހިން ގެންނަން ކުރާ ދަތުރުގައި އެވެ.
ކޯވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން އަދި ހާއްސަކޮށް ގަވައިދާ ހިލާފަށް މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ކުދި ތަންކޮޅުގައި ފުނި ޖެހުގެން އުޅޭ މީހުންގެ މެދުގައި ބަލިފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައިވެ އެވެ. އިއްޔެ ވަނީ އެގޮތަށް އެއް ތަނެއްގައި މަސައްކަތް ކުރަމުންދިޔަ11 ބަންގްލަދޭޝް މީހަކު ބައްޔަށް ޕޮސިޓިވްވެފައި އެވެ.
ރާއްޖެއިން މިހާތަނަށް52 މީހަކު ބައްޔަށް ޕޮސިޓިވް ވެފައިވާއިރު އޭގެ ތެރޭގައި ބިދޭސީން ގިނަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް