ނޫސްވެރިން އެކްރެޑިޓް ކުރުމުގެ އުސޫލެއް އެކުލަވާލައި، ވަރަށް އަވަހަށް އަމަލު ކުރަން ފެށުމަށް ވިސްނަމުންދާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ އިން ބުނެފި އެވެ.
ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ވިސްނުން ގެންގުޅޭކަން ހާމަކޮށްފައި މިވަނީ ރޭ ކޯވިޑް-19 އާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރަސް އޮންލައިންގެ ފަރާތުން ކުރި ސުވާލެއްގައި ބިދޭސީންނަށް ނިސްބަތްކޮށް "ބަންގާޅީން" ނޭ ބުނުމުން އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ފާތިމަތު ނަޒްލާ އެކަމާ ހިތްހަމަ ނުޖެހިވަޑައިގެން ވާހަކަ ދައްކަވާފައިވަނިކޮށެވެ. ޑރ. ނަޒްލާ ވިދާޅުވީ ބިދޭސީންނަކީ އިންސާނުން ކަމަށާއި މުހާތަބު ކުރަންވާނީ އަދަބު އިހްތިރާމާއި އެކު ކަމަށެވެ.
މިކަމާ ގުޅިގެން އެމްއެމްސީން ބުނީ ރަސް އޮންލައިންގެ ފަރާތުން ސުވާލު ކުރި މީހާގެ ފަރާތުން ފެނިގެން ދިޔައީ ޒިންމާދާރު އަމަލެއް ކަމުގައި ނުދެކެން ކަމަށެވެ. އަދި މިކަމަށް އެ އޮންލައިނާއި ނޫސްވެރިޔާ މައާފަށް އެދެންޖެހޭ ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ބުނެފައިވަނީ ޒިންމާދާރު ނޫސްވެރިންގެ ހައްގުގައި ކުރިޔަށް އޮތް ތަނުގައި މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ވިސްނުން ހުރީ ނޫސްވެރިން އެކްރެޑިޓް ކުރާނެ އުސޫލެއް އެކުލަވާލާ ވިހާވެސް އަވަހަކަށް އަމަލު ކުރަން ފެށުން ކަމަށެވެ.
https://twitter.com/mmc_mv/status/1251986596112433152
ރޭ ރަސް އޮންލައިނުން ކުރި ސުވާލާއި ގުޅިގެން ގިނަ ބަޔަކު ދަނީ ނޫސްވެރިންނާއި އެ ނޫހަށް ފާޑު ކިޔަމުންނެވެ. އަދި ޑރ. ނަޒްލާގެ ކެރުމާއި އިންސާނިއްޔަތަށްޓަކައި އޭނާއަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް