ކެނޯއެއްގައި ގޮސް އޮޅުވާލައިގެން ކުޅުދުއްފުއްޓަށް އެރި ބަޔަކު ހައްޔަރުކޮށްފި

ކޭނޯއެއްގައި ގޮސް އޮޅުވާލައިގެން ކުޅުދުއްފުށީ ސިޓީއަށް އެރި ދެ މީހަކު ހައްޔަރު ކޮށްފައި އެވެ. އެމީހުން ކެނޯއެއްގައި އެ ސިޓީއަށް ގޮސްފައިވަނީ ހދ. ނޮޅިވަރަމް އިންނެވެ. ކުޅުދުއްފުށީ ސިޓީއަށް އަރަން މަސައ...

20 Apr 2020 | 02:35

ކޭނޯއެއްގައި ގޮސް އޮޅުވާލައިގެން ކުޅުދުއްފުށީ ސިޓީއަށް އެރި ދެ މީހަކު ހައްޔަރު ކޮށްފައި އެވެ.

އެމީހުން ކެނޯއެއްގައި އެ ސިޓީއަށް ގޮސްފައިވަނީ ހދ. ނޮޅިވަރަމް އިންނެވެ. ކުޅުދުއްފުށީ ސިޓީއަށް އަރަން މަސައްކަތް ކޮށްފައިވަނީ އެއާޕޯޓު ހުޅަނގު ކޮޅުންނެވެ.

ފުލުހުން ބުނީ އެމީހުން ކުޅުދުއްފުއްޓަށް އަރާފައިވަނީ ކެނޯ ބަންޑުން ޖަހާލާފައިވާ ކަމަށް ބުނެ ކަމަށެވެ. އެކަމަކު އެމީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އެމީހުން އެ ކެނޯގައި ދަތުރުކޮށްފައިވަނީ އޭގެ ވެރި ފަރާތަށްވެސް ނޭނގި ކަމަށެވެ.

މި މައްސަލައިގަ ހައްޔަރު ކުރީ23 އަހަރާއި30 އަހަރުގެ ދިވެހި ފިރިހެނުންނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ނުރައްކާތެރި ކޯވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެއް ރަރުން އަނެއް ރަށަށް ޒަރޫރީ ހާލަތެއްގައި ހުއްދަ ހޯދައިގެން މެނުވީ ދިއުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްގެ އެންގެވުމަކުން ވަނީ މަނާ ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް