ކޮވިޑަށް މިއަދު ރާއްޖެއިން 81 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު ޕޮޒިޓިވްވި 81 މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ޕޮޒިޓިވް ވި 52 މީހަކާއި ރަށްރަށުން ޕޮޒިޓިވް ވި 22 މީހުންނާއި އޮޕަރޭޝަނަލް ރިސޯޓްތަކުން ޕޮޒިޓިވް ވި ހަތް މީހެކެވެ.
މިއާއެކު ރާއްޖެއިން މިހާތަނަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 22،373 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2،404 އެވެ. އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 107 އެވެ. މިހާތަނަށް ކޮވިޑުގައި ރާއްޖެއިން 65 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް