ގައްދޫގެ މަގުތަކުގައި މިހާރު ކުރިއަށް ދަނީ ގާ އެތުރުމުގެ މަސައްކަތް

ގދ.ގައްދޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ވަތަބަނޑޭރި މަގުގައި ޕޭވިން ބްލޮކްސް އެޅުމުގެ މަސައްކަތް ކަމަށް ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެއެވެ. ގައްދޫ މަގުހެދ...

20 Mar 2021 | 12:14

ގދ.ގައްދޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ވަތަބަނޑޭރި މަގުގައި ޕޭވިން ބްލޮކްސް އެޅުމުގެ މަސައްކަތް ކަމަށް ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެއެވެ.

ގައްދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކަށް ބޭނުންވާ ޖަންކްޝަން އަދި ކާރބްސުޓޯން އެޅުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެއެވެ. މީގެ އިތުރުން މަގުތަކުގެ ސައިޑްވޯކް ކޮނެ ކޭބަލް ޖަންކްޝަން ވަޅުލުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

ގައްދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ތެރޭގައި، ހޮޅި އެޅުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އާރްޑީސީ އިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން 5.527 ކިލޯމީޓަރުގެ މަގު ހެދިގެން ދާނެއެވެ. އަދި މަގުތަކުގެ ސައިޑްވޯކްސް ހެދުމާއި ތާރު އެޅުމުގެ އިތުރުން ފެންް ހިންދުމުގެ ނިޒާމު ގާއިމު ކުރުން ހިމެނެއެވެ.

މި މަޝްރޫޢުގެ އަގަކީ 138،738،153.42 ރުފިޔާއެވެ. އަދި މިއީ މަޝްރޫޢަކީ 510 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ.

ގައްދޫ މަގު ހެދުމުގެ މަޝްރޫޢު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރ އިން ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން އާ ހަވާލު ކޮށްފައި ވަނީ 2019 ޑިސެމްބަރ 31 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް