އުމަރު ހާމަކުރި ލިޔުންތައް ސައްހަ ނޫންނަމަ އެއީ ޖިނާއީ ކުށެއް: ވަކީލް ނިޝާން

އުތުރު ތިލަފަޅު މައްސަލައިގާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހާމަކުރިލ ލިޔެކިޔުންތަކަކީ ސައްހަ އެއްޗަކަށް ނުވާނަމަ އެއީ ޖިނާއީ ކުށަކަށް ވާކަމުގައި ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅ...

20 Mar 2021 | 08:47

އުތުރު ތިލަފަޅު މައްސަލައިގާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހާމަކުރިލ ލިޔެކިޔުންތަކަކީ ސައްހަ އެއްޗަކަށް ނުވާނަމަ އެއީ ޖިނާއީ ކުށަކަށް ވާކަމުގައި ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަކީލް ނިޝާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެކަން ޕީނަލް ކޯޑްގެ 310 ވަނަ ބާބާއި 552 (ހ) (2) (i) އާއި )ހ) (6) ގެ ދަށުން ކުށް ޖިނާއީ ވާކަމަށެވެ.

"މި ކުށް ދަރަޖަވަނީ ޖިނާއިއްޔާތުގެ 5، ޖުނަހުގެ 3 އަދި 1 ވަނަ ދަރަޖައިގަ" ވަކީލް ނިޝާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

https://twitter.com/mohnishan/status/1373185143595094019?s=24

ގާނޫނީ ވަކީލް ނިޝާން މިހެން ވިދާޅުވެފައިވާއިރު އުތުރު ތިލަފަޅު އެގްރީމަންޓްގެ ޑްރާފްޓް ކަމަށްބުނެ އުމަރު ނަސީރު ވަނީ ލިޔުންތަކެއް ހާމަކޮށްފައެވެ. ސަރުކާރުން އެކަން ދޮގު ކުރުމުންވެސް ތަކުރާރުކޮށް އުމަރު ބުނަމުން އަންނަނީ އެއީ ސައްހަ ލިޔުންތަކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް