ކޯވިޑް-19: ރެންޓޯރެންޓާއި ކެފޭތަކުގައި ޝީޝާ ބުއިމާއި ހިދުމަތް ދިނުން މަނާކޮށްފި

ރާއްޖޭގެ ރެސްޓޯރެންޓްތަކާއި ކެފޭ އަދި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ޝީޝާ ބުއިމާއި އޭގެ ހިދުމަތް ދިނުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު މަނާ ކުރައްވައިފި އެވެ. މަ...

20 Mar 2020 | 10:08

ރާއްޖޭގެ ރެސްޓޯރެންޓްތަކާއި ކެފޭ އަދި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ޝީޝާ ބުއިމާއި އޭގެ ހިދުމަތް ދިނުން ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު މަނާ ކުރައްވައިފި އެވެ.

މައިމޫނާ ސޮއި ކުރައްވާ އެޗްޕީއޭއިން ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ ރޭ ދަންވަރު12:00 ން ފެށިގެން މުއްދަތެއް ނެތް ގޮތަށް ރެސްޓޯރެންޓްތަކާއި ކެފޭ އަދި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ޝީޝާ ބުއިމާއި އޭގެ ހިދުމަތް ދިނުން މަނާކޮށްފައިވާ ކަމަށެވެ. ޝީޝާ ބުއިމަކީ ކޯވިޑް-19 ޖެހޭ މީހުންގެ ބަލި އިތުރަށް ނުރައްކާތެރި ހާލަތަކަށް ބަދަލުވާ އެއްޗެއްކަމަށް އެޗްޕީއޭއިން ބުނެފައިވެ އެވެ.

ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މި އަމުރު ނެރުއްވާފައިވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ12 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަމްބަރުގެ ދަށުންނެވެ.

ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާތީ ކޮރޯނާ ވައިރަސް ކޮންޓްރޯކް ކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމުގެ ބާރު ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތައް ލިބިގެންވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް