ކޯވިޑް-19: މަރުވި މީހުންގެ އަދަދު 10 ހާހުން މައްޗަށް

ދުނިޔޭގެ 182 ގައުމެއްގައި މިހާރު ފެތުރެމުން އަންނަ، ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހުގައި މަރުވި މީހުންގެ އަދަދު 10 ހާހުން މައްޗަށް އަރައިފިއެވެ. އެގޮތުން ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ކޮރޯނާ މެޕުން ދައ...

20 Mar 2020 | 08:42

ދުނިޔޭގެ 182 ގައުމެއްގައި މިހާރު ފެތުރެމުން އަންނަ، ކޯވިޑް-19 ނުވަތަ ކޮރޯނާ ވައިރަހުގައި މަރުވި މީހުންގެ އަދަދު 10 ހާހުން މައްޗަށް އަރައިފިއެވެ.

އެގޮތުން ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ކޮރޯނާ މެޕުން ދައްކާ ގޮތުން ނަމަ އެ އަދަދު މިހާރު ވަނީ 10،031 އަށް އަރާފައެވެ. ވޯލްޑޯމީޓަރގެ ކޮރޯނާ ސްޓެޓިސްޓިކްސް އިން ދައްކާގޮތުން ނަމަ މި އަދަދު އުޅެނީ 10،049ގައެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޗައިނާގެ ހުބެއި ޕްރޮވިންސްގެ ވޫހާން ސިޓިން އުފަންވި މި ވައިރަސް މިހާރު ދުނިޔޭގެ 182 ގައުމަކުން ފެނިފައިވާއިރު މި ވައިރަސް އެންމެ ބޮޑަށް މިހާރު ފެތުރެމުން އަންނަނީ ޔޫރަޕްގެ ގައުމުތަކުގައެވެ. ދެން މެދުއިރުމަތީގައެވެ.

އެގޮތުން އިޓަލީއަށް ބަލާލާއިރު މި ވައިރަހަށް 41 ހާސް މީހަކު ޕޮޒިޓިވް ވެފައިވެއެވެ. މަރުވި މީހުންގެ އަދަދު އުޅެނީ 3400 އަށްވުރެ މަތީގައެވެ. މިއީ ޗައިނާއިން މި ވައިރަހުގައި މަރުވި މީހުންގެ އަދަދަށްވުރެވެސް މަތީ އަދަދެކެވެ.

ދެން މި ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އީރާނުގައެވެ. އެ ގައުމުގައި 18 ހާސް މީހަކު މި ވައިރަހަށް ޕޮޒިޓިވް ވެފައިވާއިރު ހާހަކަށްވުރެ ގިނަ މީހުން މި ވައިރަހުގައި މަރުވެފައިވެއެވެ.

މި ވައިރަސް މިހާރު މިވަނީ މި ރާއްޖެއާއި ހަމައަށްވެސް ފޯރާފައެވެ. ރާއްޖޭގައި މި ވައިރަހަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު އެބަތިއްބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް