ކޯވިޑް-19: ތޫމް ރެސްޓޯރެންޓްގެ ޑައިން-އިން ހިދުމަތް ބަންދުކޮށްފި، ހިލޭ ޑެލިވަރީ ކޮށްދޭނެ

ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ މަޝްހޫރު ތޫމް ކެފޭގެ ޑައިން-އިން (ރެސްޓޯރެންޓަށް ގޮސް ހިދުމަތް ލިބިގަތުން) ބަންދުކޮށްފިއެވެ. ނަމަވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށް ތޫމް އިން ބުނެއެވެ. ތ...

20 Mar 2020 | 07:48

ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން ހޯދާފައިވާ މަޝްހޫރު ތޫމް ކެފޭގެ ޑައިން-އިން (ރެސްޓޯރެންޓަށް ގޮސް ހިދުމަތް ލިބިގަތުން) ބަންދުކޮށްފިއެވެ. ނަމަވެސް ހިލޭ ޑެލިވަރީ ކޮށްދޭނެ ކަމަށް ތޫމް އިން ބުނެއެވެ.

ތޫމް އިން ބުނެފައިވާގޮތުގައި މިއަދުން ފެށިގެން ރެސްޓޯރެންޓްގެ ޑައިން އިން ބަންދުކުރަން ނިންމީ ކޯވިޑް-19 ޕެންޑަމިކުން އަރައިގަތުމަށް ރާއްޖެއިން ކުރަމުން އަންނަ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

https://twitter.com/ThoumMv/status/1240833595951869952

"ޑައިން އިން ބަންދުކުރި ނަމަވެސް އަޅުގަނޑުމެންގެ ރަހަތައް ގޭބިސީތަކާ ހަމައަށް ހިލޭ ފޯރުކޮށްދޭނެ" ތޫމް އިން ބުނެފައިވެއެވެ. މީގެ އިތުރުން ފައިސާ ދެއްކުމުގައި އޮންލައިންކޮށް ފައިސާ ދެއްކުމަށްވެސް ތޫމް އިން އިލްތިމާސް ކޮށްފައިވެއެވެ.

ތޫމް ރެސްޓޯރެންޓްގެ ޑައިން އިން ހިދުމަތް މިއަދުން ފެށިގެން ބަންދުކޮށްފައިވާއިރު މާލޭގައި ކާބޯތަކެތީގެ ހިދުމަތްތައް ދޭ ތަންތަން މާދަމާރޭގެ 00:00 އިން ފެށިގެން ބަންދުކުރަން ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. ނަމަވެސް ތޫމް ރެސްޓޯރެންޓްގެ ޑައިން-އިން ބަންދުކޮށްފައިވަނީ ސަރުކާރުގެ ނިންމުން ނިންމުގެ ކުރިންނެވެ.

މި ރެސްޓޯރެންޓްގެ އަސްލު ނަމަކީ "ސޫމް" ނަމަވެސް ދިވެހިންގެ މެދުގައި މި ރެސްޓޯރެންޓް މަޝްހޫރުވެފައިވަނީ "ތޫމް" މި ނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް