އައިލެންޑް ސަފާރީ1 ން ކޮރޯނާ ވައިރަހަށް ޕޮސިޓިވްވި އެކަކު ދަރުމަވަންތަ ހޮސްޕިޓަލްގައި ކޯވިޑް-19 އަށް ހާއްސަކޮށްގެން ގާއިމްކޮށްފައިވާ އައިސީޔޫއަށް ބަދަލުކޮށްފި އެވެ.
އެ ސަފާރީގައި ތިބި ދެ ޓޫރިސްޓަކު ވައިރަހަށް ޕޮސިޓިވްވި އެވެ. އެ ދެމީހުން ކަނޑުމަގުން ސަފާރީން ބާލައިގެން ފަރުކޮޅުފުށި އައިސޮލޭޝަންއަށް ގެންދިޔަޢީ މިދިޔަ ހަފްތާގައި އެވެ.
އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން އެކަކު ޑިއެޗް11 އަށް ބަދަލު ކުރުމުގެ މަސައްކަތް ރޭ ފަށާފައިވާ ކަމަށެވެ. އެތަނަށް ބަދަލު ކުރަން ނިންމީ ގާތުން ފަރުވާ ދޭން ޖެހޭ ފަރާތަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ. އޭނާގެ ހާލު ސީރިއަސްވީ ކަމެއް ނޭނގެ އެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗުގެ ނޭވާލާނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވެފައިވަނީ ޕޮސިޓިވްވި ހުރިހާ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ. ފަހަރުގައި އެމީހާ ޑީއެޗް11 އަށް ބަދަލު ކުރީ އުމުރުން ދުވަސްވެފައިވާ މީހަކަށް ވުން އެކަށީގެންވެ އެވެ.
އެއީ މިހާރުވެސް ވައިރަހަށް ޕޮސިޓިވްވެގެން ޑިއެޗް11 ގައި ފަރުވާ ދެމުންދާ އިޓަލީގެ70 އަހަރުގެ މީހާ އެތަނަށް ބަދަލު ކުރީ ސިރިއަސް ވެގެން ނޫން ކަމަށް ޑޮކްޓަރުން ވިދާޅުވި އެވެ. އޭނާގެ އުމުރަށް ބަލައި ކައިރިން ފަރުވާދޭން ބޭނުންވާތީ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވެ އެވެ.
އެމީހާ އާއި އެކު އޭނާގެ އަންހެނުންވެސް ޑީއެޗް11 އަށް ބަދަލުކޮށް ފަރުވާ ދެމުން އެބަދެވެ. އެމީހާވެސް ސީރިއަސް އެއް ނޫނެވެ.
މިވަގުތު ރާއްޖޭގައި ކޮރޮނާ ވައިރަސް ޖެހިފައިވާ13 މީހުން އެބަތިއްބެވެ. އެއީ ހުސް ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް