ހަލުވި ކަމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޯވިޑް-19، ނުވަނަ ނޮވެލް ކޮރޯނާ ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމަށްޓަކައި ދެ ހަރަމްފުޅުގައިވެސް ނަމާދުކުރުން ހުއްޓާލައިފިއެވެ.
އެގޮތުން ސައުދީ ގެޒެޓުގައި ރިޕޯޓްކޮށްފައިވާގޮތުގައި މައްކާގެ ހަރަމްފުޅާއި މަދީނާގެ ހަރަމްފުޅަށް ވަނުންވެސް އަދި ނަމާދުކުރުންވެސް މިއަދުން ފެށިގެން ވަނީ ހުއްޓުމަކަށް ގެނެސްފައެވެ. ކަމާބެހޭ ފަރާތްތަކުގެ މި ނިންމުމަކީ ކޯވިޑް-19 ފެތުރުން ހުއްޓުވުން ކަމުގައި ބުނެފައިވެއެވެ.
ހަމަ މިއާއެކު މި ނިންމުމަށް ހުރިހާ ފަރާތްތަކުން އިހްތިރާމް ކުރުމަށްވެސް އެދިފައިވެއެވެ.
ދެ ހަރަމްފުޅުގައިވެސް ނަމާދުކުރުން ހުއްޓުން ހުއްޓާލާފައިވާއިރު މީގެ ކުރިންވަނީ ދެ ހަރަމްފުޅު ފިޔަވައި ސައުދީގެ އެހެން ހުރިހާ މިސްކިތެއްގައި ނަމާދުކުރުން ހުއްޓާލާފައެވެ.
ކޮރޯނާ ވައިރަހަށް މިހާތަނަށް ސައުދީން 347 މީހަކު ޕޮޒިޓިވް ވެފައިވާއިރު އިއްޔެ އެކަނިވެސް އެގައުމުގައި 36 މީހަކުވެސް ޕޮޒިޓިވް ވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް