ކޮވިޑަށް މިއަދު 145 މީހަކު ޕޮޒިޓިވް ވެއްޖެ

ކޮވިޑަށް މިއަދު ރާއްޖެއިން 145 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު 145 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 89 މީހަކު ޕޮޒިޓިވް ...

20 Feb 2021 | 17:18

ކޮވިޑަށް މިއަދު ރާއްޖެއިން 145 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.

އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފައިވާގޮތުގައި މިއަދު 145 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު 89 މީހަކު ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ. ރަށް ރަށުން 22 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރިސޯޓްތަކުން 32 މީހަކު ޕޮޒިޓިވް ވެފައިވެއެވެ. އަދި މިއަދުވެސް ލިވަބޯޑްތަކުން ދެމީހަކު ޕޮޒިޓިވް ވެފައިވެއެވެ.

މިއަދު އެކަނި 145 މީހަކު ޕޮޒިޓިވް ވެފައިވާއިރު ކޮވިޑަށް ރާއްޖެއިން ޕޮޒިޓިވް ވި ޖުމްލަ އަދަދު މިވަނީ 18612 އަށް އަރާފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދަކީ 2484 އެވެ. ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންގެ އަދަދަކީ 162 އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް