ގިނައިން ފެން ބުއިމާއި ކިޑްނީގެ ދުޅަހެޔޮކަމާ މާ ބޮޑު ގުޅުމެއް ނެތް: ދިރާސާ

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބުނާތީ އިވެއެވެ. ކިޑްނީގެ ދުޅަހެޔޮކަމަށް ވީހާވެސް ގިނައިން ފެން ބޯށެވެ. މީގެ އިތުރުން ގިނައިން ފެން ބުއިމުން، ކިޑްނީގެ އެކި މައްސަލަތަކުން ރައްކާތެރިކޮށް ދޭ...

20 Feb 2021 | 13:49

އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބުނާތީ އިވެއެވެ. ކިޑްނީގެ ދުޅަހެޔޮކަމަށް ވީހާވެސް ގިނައިން ފެން ބޯށެވެ. މީގެ އިތުރުން ގިނައިން ފެން ބުއިމުން، ކިޑްނީގެ އެކި މައްސަލަތަކުން ރައްކާތެރިކޮށް ދޭނެ ކަމަށް ކިޑްނީގެ ބަލިތަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގައި އަބަދުވެސް ބުނެ އެވެ. ކަން މިހެން ހުރިނަމަވެސް މިކަމުގައި މާބޮޑު ހަގީގަތެއް ނެތްކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ކެނެޑާގެ ޔުނިވާސިޓީއެއް ކަމުގައިވާ ވެސްޓަން ޔުނިވަސިޓީން ކުރި މި ދިރާސާގައި ބުނެފައިވާ ގޮތުގައި ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމަށް ވީހާ ވެސް ގިނައިން ފެން ބޯން ޖެހޭ ކަމަށް ބުނާ ވާހަކަތަކުގައި ހުރީ ކިހާ ވަރެއްގެ ބުރަދަނެއްތޯ ބެލުމަށް މިހާތަނަށް މާ ބޮޑު ހޯދުންތަކެއް ހޯދިފައެއް ނެތެވެ. އެހެންވެ މި ވާހަކަތަކުގައި މާ ބޮޑު އޮއްޓަރެއް ނެތް ކަމަށް މި ދިރާސާގައި ވެއެވެ.

ފެނާއި ކިޑްނީގެ ބަލިތަކާ ހުރި ގުޅުމަކީ ކޮބައިތޯ ބެލުމަށް ކްރޮނިކް ކިޑްނީ ޑިޒީޒް (ސީކޭޑީ) ސްޓޭޖް ތިނަކަށް އެކި ހޮސްޕިޓަލްތަކުގައި ފަރުވާ ހޯދާ މީހުން ދެ ގްރޫޕަކަށް ބަހާލައިގެން އަހަރު ދުވަހުގެ ދިރާސާއެއް ކުރި އެވެ. އެއް ބަޔަކީ ޑޮކްޓަރުންދޭ އިރުޝާދުގެ ދަށުން ގިނައިން ފެން ބޮއެގެން ކިޑްނީ އަށް ކުރަނީ ކޮން ކަހަލަ އަސަރުތަކެއްތޯ ބެލާމީހުންނެވެ. އަނެއް ބަޔަކީ ހަމަ އާދަކޮށް ފެން ބޯ ވަރަށް ފެން ބޮއެގެން އަންނަނީ ކޮން ކަހަލަ ބަދަލުތަކެއްތޯ ބެލާ މީހުންނެވެ.

މި މީހުންގެ ޓެސްޓްތަކަށް ފަހު ނަތީޖާ އިން ދައްކާފައިވާ ގޮތުގައި ފެން ބޮއެގެން ކިޑްނީ އަށް ވަކި އެދެވޭ ހެޔޮ ބަދަލުތަކެއް އަންނަކަކަމަށް ފާހަގަކުރެވިފައި ނެތް ކަމަށް މި ދިރާސާގައިވެއެވެ.

މި ދިރާސާގައި އެންމެ އިސްކޮށް އުޅުއްވާ އެއްފަރާތެއް ކަމުގައިވާ ޑރ. ވިލިއަމް ވިދާޅުވި ގޮތުގައި ފެނާއި ކިޑްނީގެ ބަލިތަކުން ރައްކާތެރިވުމާ މާ ބޮޑު ގުޅުމެއް ނެތަސް، ގިނައިން ފެން ބުއިމަކީ މައްސަލައެއް ނޫނެވެ. ގިނައިން ފެން ބުއިމަކީ ހަމަ އެންމެ ރަނގަޅު އަދި އެހާމެ މުހިއްމު ކަމަށެވެ. މީގެ ބޭނުމަކީ ގިނައިން ފެން ބުއިމުން ހަށިގަނޑު ތާޒާކޮށް ދީ، ސާފުކޮށް ދޭން ވަރަށް ބޮޑަށް ބާރު އަޅާތީއެވެ.

ގިނައިން ފެން ބުއިމަކީ މުހިންމު ކަމެއް ކަމަށް ދިރާސާގައި ބުނެފައިވާއިރު، އެކަމަކީ ކިޑްނީގެ ބަލިތަކާ ގުޅުމެއް ހުރި ކަމެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ. އަދި ކިޑްނީގެ މައްސަލަތަކެއް އުޅޭ އެކަމަށް ފާހަގަ ކުރެވޭނަމަ ލަސްނުކޮށް ހާއްސަ ފަރުވާ ހޯދުން މުހިއްމު ކަމަށްވެސް ދިރާސާގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް