މަޝްހޫރު ފިލްމީ ދެ ތަރިން ކަމަށް ވާ އަބްދުﷲ މުއާޒް އާއި މަރިޔަމް އައްޒަގެ ކައިވެންޏަށް މިއަދު އެއް އަހަރު ފުރުނީއެވެ. ސަޕޯޓަރުންގެ ލޯބި ނަމުން ނަމަ "މުއައްޒަ" ފެނިގެން ދަނީ ވަރަށް ލޯބި، ރޮމޭންޓިކް ދެމަފިރިންގެ ގޮތުގައެވެ.
ކައިވެންޏަށް އެއް އަހަރު ވީ ކަމުގެ އުފަލުގައި އައްޒަ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، ކައިވެންޏަށް އެއް އަހަރު ވީ ނަމަވެސް އިހުސާސްވަނީ އިއްޔެގެ ކަމެއް ގޮތުގައި ކަމަށެވެ. އަދި މުޒާގެ އަންބަކަށް ވެވުމަކީ އެންމެ ނަސީބުގަދަ މީހާ ކަމަށް ދެކޭ ސަބަބު ކަމަށެވެ.
އައްޒަ އާއި މުއާ އެމީހުންގެ ފޭނުންނަށް ދޫކޮށްލާ ފޮޓޯތަކުންވެސް، އެ ދެމަފިރިންގެ "ލޯބި" ދިރިއުޅުން ފެނިގެން ދެއެވެ. އެގޮތުން އައްޒަގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅު އީތަން އަދި މުއާގެ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިފުޅު ރޫބީ އާއެކު އައްޒަ އާއި މުއާ އުފާވެރި ވަގުތުތަކެއް ހޭދަކުރެއެވެ.
ދެމީހުން ދެމީހުންގެ ދޮން ދަރިންނާއެކު އުފަލާއި މަޖަލުގައި ވަގުތުތައް ހޭދަކުރާއިރު، ބަލާބެލުމަށް އެއީ އަސްލު ދަރިން ފަދައެވެ. ހަމަ ގައިމުވެސް މިއީ ދިވެހިރާއްޖޭގައި ނަމޫނާ އަކަށް ވާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް