ދިވެހިބަހުގެ އެކެޑަމީން 2021ވަނަ އަހަރުގެ މާދަރީބަހުގެ ދުވަސް ފާހަގަކުރުމަށް ޓަކައި ހިންގާ ހަރަކާތްތަކުގެ ތެރެއިން، ކުށް ނުލައި ސާފު ދިވެހިބަހުން ލިޔުމުގެ ފުރުޞަތު ފަހިކުރުވައި ސަރުކާރުގެ އެކި ފެންވަރުގެ ވަޒީފާތަކުގައި އުޅޭ މުވައްޒަފުންނަށް އާންމުކޮށް ބައިވެރިވެވޭ ގޮތަށް ހުޅުވައިލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރި ވުމުގެ ސުންގަޑި މިހާރު ވަނީ ހަމަވެފައެވެ.
މިއީ ދިވެހި ބަސް ހެޔޮ ގޮތުގައި ބޭނުންކުރުމުގެ ގާބިލުކަން ސަރުކާރު މުވައްޒަފުންގެ ކިބައިގައި އިތުރުކުރުމާއި، ސާފު ދިވެހިބަހުން މުޢާމަލާތު ކުރުމުގެ ޤާބިލުކަން އުފެއްދުމުގެ އިތުރުން ސަރުކާރުގެ ލިޔުންތައް އާންމު ކުރާން މަގުފަހި ކުރުވައި ސަރުކާރު މުވައްޒަފުންނަކީ ދިވެހިބަހުން ކުށް ނުލައި ލިޔާން ޝައުގުވެރިވާ ބައެއް ކަމުގައި ހެދުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށް ދިވެހި ބަހުގެ އެކަޑަމީއިން މައުލޫމާތު ދެއްވައެވެ.
މި މުބާރާތް މައިގަނޑު ދެ ބައެއްގެ މައްޗަށް ބެހިގެން ވެއެވެ. އޭގެ ތެރެއިން ފުރަތަމަ ބަޔަކީ " ކުށް ލަފުޒާއި ކުށް އިބާރާތް" ބައެވެ. ދެވަނަ ބަޔަނީ އަދި "ޢިމްލާގެ ބައި" ކިޔާ ބައެކެވެ.
މިއީ އޮންލައިންކޮށް ވަގުތުން ކުރިއަށްގެންދާ މުބާރާތެކެވެ .ސުވާލު ކަރުދާހަށް ޖަވާބުދިނުމަށް ޓަކައި މުބާރާތުގައި ބައިވެރިވާން އެދި ރަޖިސްޓަރީވެފައިވާ ކޮންމެ ފަރާތެއްގެ އީމެއިލްއަށް މުބާރާތުގެ ސުވާލު ކަރުދާހުގެ ލިންކު ފޮނުވޭނެއެވެ. މި ލިންކް ހުޅުވޭނީ މުބާރާތް އޮންނަ ވަގުތުގައެވެ. މުބާރާތް އޮންނާނީ 2021 ފެބްރުވަރީ 21ވަނަ ދުވަހުގެ ހެނދުނު 00:10އިން 00:11އަށެވެ.
މުބާރާތު ގެ ވަނަތައް:
- މުބާރާތުން އެއްވަނަ، ދެވަނަ ތިންވަނަ ފަރާތް
- މުޅި މުބާރާތުން އެންމެ މޮޅު 10 ފަރާތް
އިނާމާއި ލިޔުން
- 1ވަނައަށް 3000 ރުފިޔާއާއި ބައިވެރިވި ކަމުގެ ލިޔުން
- 2ވަނައަށް 2000 ރުފިޔާއާއި ބައިވެރިވި ކަމުގެ ލިޔުން
- 3ވަނައަށް 1000 ރުފިޔާއާއި ބައިވެރިވި ކަމުގެ ލިޔުން
މި އަހަރުގެ ދުނިޔޭގެ މާދަރީ ބަހުގެ ޝިއާރަކީ، "ތަޢުލީމުގައްޔާއި މުޖުތަމައުގައި ޝާމިލުވުން އިތުރުކުރުމަށްޓަކައި ގިނަބައްސަކަން ކުރިއެރުވުން" މިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް