ފަސް ވަގުތު ނާޅާ ނަމާދުކުރުން
ކީރިތި ޤުރުޢާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ.
(إِنَّ ٱلصَّلَوٰةَ تَنۡهَىٰ عَنِ ٱلۡفَحۡشَاۤءِ وَٱلۡمُنكَرِۗ) ސޫރަތުލް ޢަންކަބޫތް 45
މާނައީ: “ ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، منكرات ތައް ނަހީކުރާ ކަމެކެވެ.“
ރޯދަހިފުން
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.
މާނަ: ”އަދި މީހަކާ އިނުމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ނުބައިކަންތަކުން ދުރުކުރާނޭ އައްޑަނައެކެވެ." (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް)
އަވަހަށް ކައިވެނިކުރުން
ޒުވާނުންނަށް ކައިވެނި ކުރުމަށް އިރުޝާދު ދެއްވަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ.
މާނަ: “އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކައިވެނިކުރުމަށް ކުޅަދާނަވެގެންވާމީހަކު ކައިވެނިކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެއީ ބެލުން ތިރިކުރުމަށް އެންމެ ފަސޭހަ ގޮތެވެ. އަދި ފަރުޖުތަކަށްވާ ސަލާމަތެކެވެ. “ (ރިވާކުރެއްވީ ބުޚާރީއާއި މުސްލިމް)
ބެލުންތައް ތިރިކުރުން
ކީރިތި ޤުރުޢާނުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. (قُل لِّلۡمُؤۡمِنِینَ یَغُضُّوا۟ مِنۡ أَبۡصَـٰرِهِمۡ وَیَحۡفَظُوا۟ فُرُوجَهُمۡۚ ذَ ٰلِكَ أَزۡكَىٰ لَهُمۡۚ إِنَّ ٱللَّهَ خَبِیرُۢ بِمَا یَصۡنَعُونَ(30) وَقُل لِّلۡمُؤۡمِنَـٰتِ یَغۡضُضۡنَ مِنۡ أَبۡصَـٰرِهِنَّ وَیَحۡفَظۡنَ فُرُوجَهُنَّ)
މާނައީ: ”މުއުމިނު ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން، ﷲ އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ!“
ހުސްވަގުތު ބޭކާރުނުކުރުން
ގިނަފަހަރަށް މިފަދަ ކަންކަމަށް ދެވިހިފަނީ ހުސްވަގުތު ގިނަވެ ކުރާނެ ކަމެއްނެތި ތިބެން ޖެހުމުގެ ސަބަބުންނެވެ. އެހެން ކަމުން ހުސްވަޤުތުތަށް ކޮންމެވެސް ފައިދާހުރި ކަމެއްގައި ހޭދަކުރުން މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް