ރާއްޖޭގެ ކުރީގެ ފިލްމީތަރި، ކޮއްޔަ ހަސަން މަނިކު، ކޮވިޑުގައި ނިޔާވެއްޖެއެވެ.
މިކަން ހާމަކުރައްވަމުން ކުރީގެ ފިލްމީތަރި އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބުރައީސް ރީކޯ މޫސާ މަނިކު ވިދާޅުވެފައިވަނީ ކޮވިޑް ރޯގާ ޖެހިގެން ފަރުވާ ހޯދަމުން ދިއަ އޭނާގެ އަޚް ކޮއްޔަ ހަސަންމަނިކު ދާދި ދެންމެއަކު ނިޔާވެއްޖެ ކަމަށެވެ.
" މަރްޙޫމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިއްމަތްﷲ މިންވަރު ކުރައްވާ ޢާއިލާއަށް ކެތްތެރިކަންދެއްވާށި. އާމީން!" ރީކޯގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
https://twitter.com/ReekoMoosa/status/1362999927849160709?s=19
މައުލޫމާތު ލިބިފައިވާގޮތުގައި އުމުރުން 67 އަހަރުގައި ހަސަން މަނިކު ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް11ގައި ފަރުވާދެމުންދަނިކޮށް، ހެނދުނު 10:00 ހާއިރުގައެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް