ފެނާއި ގޭސް އުފުލަން ވަކި ގަޑިތަކެއް ކަނޑައަޅައިފި

ފެނާއި ގޭސްފަދަ ތަކެތި އުފުލަން ހާއްސަ ގަޑިތަކެއް ގަނޑައަޅައި އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފި އެވެ. އެ އޮތޯރިޓީން މިއަދު ކޮށްފައިވާ އިއ...

20 Feb 2017 | 09:41

ފެނާއި ގޭސްފަދަ ތަކެތި އުފުލަން ހާއްސަ ގަޑިތަކެއް ގަނޑައަޅައި އަންނަ އާދިއްތަ ދުވަހުން ފެށިގެން އަމަލުކުރަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓު އޮތޯރިޓީން ބުނެފި އެވެ.

އެ އޮތޯރިޓީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މާލޭގައި އެކި ތަންތަނަށް އުފުލާ ތަކެތި އާދިއްތަ ދުވަހުން ފެށިގެން އުފުލޭނީ ކޮންމެ ދުވަހަކު އެކަމަށް ކަނޑައަޅާފައިވާ ތިން ވަގުތުތަކެއްގައި ކަމަށެވެ. އެއީ ހެނދުނު 9:00 ން 11:00 އަށް، މެންދުރު ފަހު 3:00 ން ހަވީރު 5:00 އަށް އަދި އިރުއޮއްސި 6:30 ން ހެނދުނު 6:00 އަށެވެ.

ވަކި ގަޑިތަކުގައި އުފުލޭގޮތަށް ހަމަޖައްސާފައިވަނީ ފެން، ކައްކާގޭސް، އެކިއެކި ބުއިންތަކާއި، އެހެނިހެން މުދަލެވެ.

ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ މި ތަކެތީގެ ތެރޭގައި ބަނދަރު ސަރަހައްދުން ގުދަން ކުރުމަށް ގެންދާ މުދާ ނުހިމެނޭނެ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް