އަހަރީ ރިޕޯޓު ހުށަނާޅައިގެން 100 އަށްވުރެ ގިނަ ޓްރެވަލް އެޖެންސީ އުވާލައިފި

އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ 100 އަށް ވުރެ ގިނަ ޓްރެވަލް އޭޖެންސީ އުވާލައިފި އެވެ. ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮންމެ އަހަރަކު ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓު ހުށަނާ...

20 Feb 2017 | 07:53

އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވާތީ 100 އަށް ވުރެ ގިނަ ޓްރެވަލް އޭޖެންސީ އުވާލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ކޮންމެ އަހަރަކު ހުށަހަޅަންޖެހޭ އަހަރީ ރިޕޯޓު ހުށަނާޅައިގެން 116 ޓްރެވަލް އެޖެންސީއަށް ދޫކޮށްފައިވާ ހުއްދަ ބާތިލްކޮށްފައިވާ ކަމަށެވެ.

ޓްރެވަލް އޭޖެންސީ ހިންގުމާ ގަވާއިދު ބުނާގޮތުން ކޮންމެ އަހަރެއްގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން އަހަރީ ރިޕޯޓް ހުށަނާޅާ ޓްރެވަލް އޭޖެންސީތަކުގެ ހުއްދަ ބާތިލް ކުރެވޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހުއްދަ ބާތިލް ކުރި އެޖެންސީތަކުން ގަވައިދުގައި ބުނެފައިވާ މުއްދަތުގައި އަހަރީ ރިޕޯޓު ހުށަހަޅާފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް