ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ. ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ބ. ގ...

20 Feb 2017 | 05:28

ރައީސުލްޖުމްހޫރިއްޔާ، ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމުގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ބ. ގޮއިދޫ ސޯސަންގެ އިބްރާހިމް ޝަހީގު އެވެ. ޝަހީގަށް ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ހުވާކުރެއްވުމާއެކު ރައީސް ޔާމީން ވަނީ އޭނާ އަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވައިފައެވެ.

އެ މަގާމަށް ޝަހީގް އައްޔަން ކުރައްވާފައިވާއިރު އެ މަގާމަށް ޝަހީގް އައްޔަން ކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުން ދީފަ އެވެ. މި މަހުގެ 15 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޝަހީގް އެ މަގާމަށް އައްޔަން ކުރަން ފެންނަކަމަށް 49 މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ. ނުފެންނަކަމަށް ވޯޓު ދިނީ 23 މެމްބަރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް