ރާއްޖޭގެ ހުރިހާ ހޮސްޕިޓަލެއް އެއް ނެޓްވޯކަކުން އާސަންދަ އާއި ގުޅާލައިފި .

"ވިނަވި" ގެ ނަމުގައި އޮންލައިން ޕޯޓަލް އެއް ތައާރަފުކޮށް ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެއް ވިއުގައަކުން ގުޅާލައިފި އެވެ. އިއްޔެ އދ. މަހިބަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯ...

20 Feb 2017 | 02:49

"ވިނަވި" ގެ ނަމުގައި އޮންލައިން ޕޯޓަލް އެއް ތައާރަފުކޮށް ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެއް ވިއުގައަކުން ގުޅާލައިފި އެވެ.

އިއްޔެ އދ. މަހިބަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަށް ރަސްމީކޮށް އިފްތތާހުކޮށްދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމެވެ.

އާސަންދައިން ބުނީ މި ޕޯޓަށް މެދުވެރިކޮށް މިހާރު އދ. އަތޮޅުގެ ހުރިހާ ރަށެއް ގުޅާލެވިފައިވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ތިން މަސްތެރޭ ރާއްޖޭގެ ހުރިހާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކާއި ރާއްޖޭން ބޭރުގައި އާސަންދަ ހިދުމަތް ދޭ މަރުކަޒުތައް ގުޅާލެވޭނެ ކަމަށެވެ.

"ވިނަވި" ޕޯޓަލް  މެދުވެރިކޮށް އާސަންދައާއި ހޮސްޕިޓަލްތަކާއި ސިއްހީ  މަރުކަޒުތަކާއި ދެމެދު ބަދަލު ކުރަންޖެހޭ ހުރިހާ މުއާމަލާތްތަކެއް ކުރެވޭނެ އެވެ. އޭގެ ތެރޭގައި ފައިސާގެ ހަރަދުތަކާއި ބަލިމީހާ ފަރުވާ ހޯދާފައިވާގޮތުގެ ތަފްސީލްތައްވެސް ފެންނަން ހުންނާނެ އެވެ. އަދި ބަލިމީހާއަށް ދޫކުރެވޭ ބޭހާއި ފަރުވާ ހޯދަމުންދާ ބަލީގެ ތަފްސީލްތައްވެސް ހިމެނެ އެވެ.

މި ހިދުމަތް މިހާރު ދެނީ ހަމައެކަނި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި އާސަންދަ އޮފީހުގައި އިންޓާނަލް ކޮށެވެ. އެކަމަކު އަމާޒަކީ ކޮންމެ މީހަކަށް ވެސް، އެ މީހެއްގެ ބޭސް ފަރުވާގެ ތަފްސީލު ކުރިއަށް އޮތްތަނުގައި ފަސޭހައިން ފެންނާނެ ގޮތަށް މި ހިދުމަތް ތަރައްގީ ކުރުން ކަމަށް އާސަންދަ އޮފީހުން މައުލޫމާތުދެ އެވެ.

"ވިނަވި" ޕޯޓަލަށް އަހުލުވެރި ކުރުވުމުގެ ގޮތުން އާސަންދައިން ގެންދަނީ ރާއްޖޭގެ ހުރިހާ ސިއްހީ ހިދުމަތްދޭ ތަންތަނުގައި އެކަމާ ގުޅޭ މުވައްޒަފުން ތަމްރީން ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް