ރައީސް އަބްދުﷲ ޔާމީން އޯކޭ ނޫން ކަމަށާއި އެކުގައި ކުރާނެ މަސައްކަތެއް ނޯންނާނެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީ ކެމްޕޭނު ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ނުކުރެވޭނެ، އަދި ކުރަން ހެޔޮ ނުވާނެ ކަންކަން ހުންނާނެ ކަމަށާއި ވޭތުވެދިޔަ ތަނުގައި ކުރި އަނިޔާތަކާ ދެއްކި ބިރާ އޭގެ ފަހަތުގައި ތިބި މީހުންނަށް އެމަނިކުފާނު އޯކޭއެއް ނޫން ކަމަށެވެ.
"އެމީހުންނާއެކީގައި ކުރާނެ ސިޔާސީ އެއްވެސް މަސައްކަތެއް ނޯންނާނެ، ރައީސް ޔާމީން އޯކޭއެއް ނޫން، އެކީގައި ކުރާނެ މަސައްކަތެއް ނޯންނާނެ" ރައީސް ސޯލިހް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް މިރޭވެސް ތަކުރާރުކޮށް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ބިން ކަނޑާ އިން ވަކިކޮށް ގޯތިދޭނީ އެމަނިކުފާނު ކަމަށާއި އެކަމުގައި ޝައްކެއް ނޯންނާނެ ކަމަށެވެ. އަދި ދައުރެއްގެ ތެރޭގައި ފުރަތަމަ ފަހަރަށް މާލޭގައި ބިންގަލުން ފަށާ ނިންމާ ފްލެޓްގެ ތަޅުދަނޑި އަތަށް ދޭނީ އެމަނިކުފާނު ކަމުގައިވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް