ރައީސް ޔާމީނާއެކު ރައީސް ނަޝީދު ކޯލީޝަނެއް ހައްދަވާފާނެތީ ބިރު ހީވޭ: މާރިޔާ

ރައީސް އަބްދުﷲ ޔާމީން އާއެކު ރައީސް މުހައްމަދު ނަޝީދު ކޯލީޝަނެއް ހައްދަވާފާނެކަމުގެ ބިރު މިހާރު ހީވެފައިވާކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ މިހެން ވިދ...

20 Jan 2023 | 16:58

ރައީސް އަބްދުﷲ ޔާމީން އާއެކު ރައީސް މުހައްމަދު ނަޝީދު ކޯލީޝަނެއް ހައްދަވާފާނެކަމުގެ ބިރު މިހާރު ހީވެފައިވާކަމުގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ މިހެން ވިދާޅުވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހްގެ ކެމްޕޭން ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

މާރިޔާ ވިދާޅުވީ މިހާރު އިވެނީ ރައީސް ޔާމީނާ ރައީސް ނަޝީދާ އެއްގޮތޭ ރައީސް ނަޝީދު ވިދާޅުވެލައްވާ އަޑު ކަމަށެވެ.

"އިންޑިއާ އައުޓް ފިޔަވާ އެހެން ހުރިހާ ކަމެއްގާ ސިޔާސަތުތައް ކަމުދާ ވާހަކަ، މި އިވެނީ ރައީސް ޔާމީނަކީ ވިޒަނަރީ ލީޑަރެކޭ ވިދާޅުވަމުން" މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ ރައީސް ނަޝީދު ކޯލީޝަނެއްގެ ވާހަކަވެސް ދައްކަވާ މި ދަނޑިވަޅުގައި ރައީސް ޔާމީނާއެކު ރައީސް ނަޝިދު ކޯލީޝަނެއް ހައްދަވާފާނެކަމުގެ ބިރު މިހާރު ހީވެފައިވާކަމަށެވެ.

ރައީސް ޔާމީންގެ ދައުރުގެ ބައެއް ކަންކަންވެސް މާރިޔާ ހަނދާން އާ ކުރެއްވިއެވެ. އެގޮތުން ހަވާ ފަޓާސް ބަރިއެއްހެން ރައިސް ނަޝީދަށް ހުކުމް ކުރެއްވި ކަމާއި ކޯލީޝަން ރޫޅާލާ އެއްކޮޅަސް ދެކޮޅަށް ލީޑަރުން ޖަލަށް ލީ ވާހަކައާއި އަދި ރައީސް މައުމޫން ޖަލަށް ލެވުނު ވާހަކަވެސް މާރިޔާ ހަނދާން އާކުރެއްވިއެވެ.

"އަގުލަބިއްޔަތު ގެއްލުމުން މެންބަރުންގެ ގޮނޑި ގެއްލުވާލައްވައި އެތައްހާސް ދިވެހި ރައްޔިތެއްގެ އަޑު ކަނޑާލެއްވި، މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެއްވި، ޖާނަލިސްޓުން ޖަލަށް ލެއްވި، ރައްޔިތުންގެ މަޖިލިސް ހިސޯރު ކުރެއްވި" މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ޖަޒުބާތުގައި ޖެހިގެންވެސް ރައީސް ނަޝީދު މޮޔަކަމެއް ކުރިޔަ ދީގެންނުވާނެކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް