ޝައިޚް އިބްރާހިމް ފަރީދުގެ ދަރުހެއް ވިލިމާލޭގައި ބާއްވަން ތައްޔާރުވެއްޖެއެވެ.
މި ދަރުސް ރާވާ އިންތިޒާމު ކުރަނީ ވިލިމާލޭގެ ޖަމިއްޔާތަކުން ގުޅިގެންނެވެ.
ދުވަހަށް މައުލޫމާތުދެމުން މި ދަރުސް އިންތިޒާމުކުރާ ފަރާތްތަކުން ބުނީ ޝައިޚް ފަރީދުގެ ތިންވަނަ ދަރުސް ވިލިމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ރޭ (މި މަހުގެ 27 ވަނަ ދުވަހުގެ ރޭ) ގައި ކަމަށެވެ.
އެ ފަރާތްތަކުން ފާހަގަކުރިގޮތުގައި މި ދަރުސް އިންތިޒާމު ކުރި އެއް ސަބަބަކީ ދީނީގޮތުން ހޭލުންތެރިކުރުމުގެ ގޮތުން މިކަހަލަ ހަރަކާތެއް ނުބޭއްވޭތާ ގިނަ ދުވަސްތަކެއް ވެފައި ވުމެވެ.
މި ދަރުސްގެ މައުލޫއަކީ "އޭ ޢާފިލުވެފައިވާ ޒުވާނާ" އެވެ. ހުކުރު ދުވަހުގެ ރޭ 08:45 ގައި މި ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ވިލިމާލެ ބަނދަރު ސަރަހައްދުގައެވެ. މި ދަރުހަކީ ވައިޑީ ސްޕޯޓްސް އަދި ވިލިމާލޭގެ ޖަމިއްޔާތަކުން ގުޅިގެން ބާއްވާ ދަރުހެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް