ބޮޑުވަޒީރުކަން ބޭނުން ކަމަށް އީވާ ވިދާޅުވެއްޖެ!

ރާއްޖޭގެ ބޮޑުވަޒީރުކަން ކުރަން ބޭނުންފުޅުވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ "ސޯސަލް" އަށް އެއްވި އިންޓަވިއުއެއްގައެވެ. އޭގައި އެކަމަނާ އ...

20 Jan 2023 | 06:15

ރާއްޖޭގެ ބޮޑުވަޒީރުކަން ކުރަން ބޭނުންފުޅުވާ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ "ސޯސަލް" އަށް އެއްވި އިންޓަވިއުއެއްގައެވެ.

އޭގައި އެކަމަނާ އާއި ކުރެއްވި ސުވާލުތަކުގެ ތެރޭގައި ބުނެފައިވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލާފާނަންތޯ އެވެ.

ޖަވާބު ދެއްވަމުން އީވާ ވިދާޅުވީ ބަރުލަމާނީ ނިޒާމެއް އޮތް ނަމަ ބޮޑުވަޒީރު ކަމަށް ކުރިމަތިލައްވާނެ ކަމަށެވެ. ރިޔާސީ ނިޒާމަކީ އޭނާ ތާއީދު ކުރައްވާ ވެރިކަމުގެ ނިޒާމެއް ނޫން ކަމަށް ވިދާޅުވި އެވެ.

އީވާގެ އިތުރުން ރާއްޖޭގެ ބޮޑުވަޒީރުކަން ކުރަން ބޭނުންވެގެން އެކަން އިއުލާނު ކުރައްވާފައިވަނީ އޭނާގެ ދެބެންގެ ދެދަރި ބޭބޭފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝިދު ވަނީ ބޮޑުވަޒީރުކަން ބޭނުންފުޅުވެގެން ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތް ފެށުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީފުޅެއްވެސް ފޮނުވާފައި އެވެ.

އަދި ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހަށްވެސް އެކަން ހުށަހެޅުއްވި އެވެ. އެކަމަކު ތާއީދު ނުލިބުމުން މަޝްވަރާ ކުރުމަށް ކަމަށް ވިދާޅުވެ އެޖެންޑާގައި ނުހިމެނުމަށް އެދިވަޑައިގެންނެވީ އެވެ.

ރައީސް ނަޝީދު ކުރިން ވިދާޅުވީ އެމްޑީޕީން ބޭނުންވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމު އޮންކަން ކަމަށެވެ.

ބަރުލަމާނީ ނިޒާމުގައި ގައުމުގެ ހިންގުމުގައި އެންމެ އިސްކޮށް ހުންނަވާނީ ބޮޑުވަޒީރެވެ. ރައީސް އަކީ ރަމްޒީ މަގާމެކެވެ.

ބޮޑުވަޒީރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބު ކުރާ މަގާމެއް ނޫނެވެ. ބޮޑުވަޒީރު ހޮވަނީ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ މެދުގައި ވޯޓް ނަގައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް