އެމެރިކާގައި ޕޯލާބެއާއެއްގެ ޝިކާރައަކަށްވި އަންހެނަކާއި ކުޑަކުއްޖަކު މަރުވެއްޖެ

އެމެރިކާގެ އަލަސްކާގައި ޕޯލާ ބެއާއެއް ދިން ހަމަލާގައި އަންހެނަކާއި ކުޑަކުއްޖަކު މަރުވެއްޖެ އެވެ. މިހާދިސާ ހިނގީ އަލަސްކާގެ އަވަށެއް ކަމަށްވާ ވޭލްސްގައި އެވެ. ކުޑަކުޑަ އެ އަވަށުގައި ދިރިއުޅެނީ އެންމެ 1...

20 Jan 2023 | 05:20

އެމެރިކާގެ އަލަސްކާގައި ޕޯލާ ބެއާއެއް ދިން ހަމަލާގައި އަންހެނަކާއި ކުޑަކުއްޖަކު މަރުވެއްޖެ އެވެ.

މިހާދިސާ ހިނގީ އަލަސްކާގެ އަވަށެއް ކަމަށްވާ ވޭލްސްގައި އެވެ. ކުޑަކުޑަ އެ އަވަށުގައި ދިރިއުޅެނީ އެންމެ 150 މީހުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ދެމީހުން މަރުވީ ބެއާ އެމީހުންނަށް ހަމަލާދީ ވަކި އަޅާ ހެދުމުން ލިބުނު ފުން ޒަހަމްތަކުގެ ސަބަބުންނެވެ. ނަމަވެސް އެމީހުންނަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދެވޭވަރެއް ނުވި އެވެ.

އެ ކުޑަކުއްޖާ އާއި އަންހެން މީހާ މަރުވި ނަމަވެސް މަރުވުމުގެ ކުރިން ޕޯލާ ބެއާ ގަޔަށް ބަޑިޖަހާ އޭތި މަރާލި އެވެ.

އެ ބެއާގެ ހަމަލާއެއްގައި ދެމީހުން މަރުވެފައި މިވަނީ އޭތި މީހުން ފަހާތާ ދުވާތާ ދެތިން ދުވަސްވީ ފަހުން ކަމަށްވެ އެވެ. އެ އަވަށުގެ ބައެއް މީހުން ބުނީ މިދިޔަ އަންގާރަ ދުވަހުވެސް އެ ބެއާ އަވަށު މީހެއްގެ ފަހަތުން ދުވެފައިވާ ކަމަށެވެ.

އަލަސްކާގެ ވެރިރަށާއި 1،185 މޭލު ދުރުގައި އޮންނަ ވޭލްސްގައި ހިނގި މި ހާދިސާ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނާއި ކަމާއިބެހޭ އިތުރު އޮފިސަރުން ވަނީ ފޮނުވާފައި އެވެ.

އަލަސްކާގައި ވައިލްޑް ޖަނަވާރުތަކުގެ ފަރާތުން އަނިޔާއެއް ލިބި މީހުން މަރުވުމަކީ މަދުންނަމަވެސް ހިނގާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް