ޕްރމިއާ ލީގު: ފަހަތުން އަރައި ސިޓީން ޓޮޓެންހަމް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ. ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކުރީ ...

20 Jan 2023 | 04:59

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ފަހަތުން އަރައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކުރީ 2-4 ގެ ނަތީޖާއިންނެވެ.

ރޭގެ މެޗުން މޮޅުވެ ސިޓީން ތިންވަނާގައި އޮތް މެންޗެސްޓަރ ޔުނައިޓެޑާއި ތިން ޕޮއިންޓް ދުރަށް ޖެހިލިއިރު، އެޓީމު ދެވަނާގައި އޮތީ ކުޅުނު 19 މެޗުން ލިބުނު 42 ޕޮއިންޓާއި އެކުގައެވެ. ރޭގެ މި ނަތީޖާއާއި އެކު ޓޮޓެންހަމް ލީގުގެ ފަސް ވަނައިގައި އޮތީ 20 މެޗުން 33 ޕޮއިންޓާ އެކު އެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ އެ ޓީމުން ކުޅުނު މި މެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޓޮޓެންހަމް އިންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް މެޗުގެ 44 ވަނަ މިނެޓުގައި ޓޮޓެންހަމް އަށް ލީޑު ނަގައިދިނީ ޑޭޖާން ކުލުސެވްސްކީ އެވެ. ލީޑުނެގިތާ ދެ މިނިޓެއްހާއިރު ތެރޭގައި ޓޮޓެންހަމްގެ ދެ ވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖެހީ އެމަސަން ރޯޔާލް އެވެ.

ޓޮޓެންހަމުން ދެ ލަނޑުގެ ލީޑެއްގައި އޮވެ މެޗުގެ ފުރަތަމަ ހާފު ނިންމާލި ނަމަވެސް ސިޓީން ވަނީ ފަހު ހާފުގައި ކުޅުން ރަނގަޅުކޮށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން ސިޓީގެ ފުރަތަމަ ލަނޑު ދެ ވަނަ ހާފްގެ ހަ ވަނަ މިނިޓްގައި އާޖެންޓީނާ ފޯވާޑް، ހޫލިއަން އަލްވަރޭޒް ޖެހިއިރު، އޭގެ ދެ މިނިޓް ފަހުން، ހާލަންޑް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ސިޓީއަށް އެއްވަރުކޮށް ދީފަ އެވެ.

ސިޓީން މެޗުގެ ލީޑު ނެގީ 63 ވަނަ މިނިޓްގައި މާރޭޒް ޖެހި ލަނޑުންނެވެ. ސިޓީގެ ފަހު ލަނޑު މާރޭޒް ޖެހީ މެޗުގެ 90 ވަނަ މިނިޓްގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް