ލާމުގައި އިތުރު އެއާޕޯޓެއް އެޅުމުގެ ވިސްނުން ސަރުކާރުގެ އެބަ އޮތް ކަމުގައި ރައީސް ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ ކެމްޕޭނުގައި މިހާރު ލާމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މާވަށް، ހިތަދޫ، ކުނަހަންދޫ، މާމެންދޫގެ ސަޕޯޓަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެ ރަށްތައް ހިމެނޭ ސަރަހައްދުގައި އިތުރު އެއާޕޯޓެއް އެޅުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށާއި އެއާޕޯޓް އަޅާނެ ސީދާ ލޮކޭޝަން ފައިނަލްކޮށް މެނިފެސްޓޯގައި ހިމަނާނެ ކަމަށެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހް މިވަގުތު ހުންނެވީ ލާމު އަތޮޅުގައެވެ. ރޭގައި ލާމަށް ވަޑައިގެންނެވިއިރު ލާމުން ރައީސް ސޯލިހަށް ހޫނު މަރުހަބާއެއް ދަންނަވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް