ރާއްޖެއިން އިތުރު 79 މީހުން ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މިއަދު ޕޮސިޓިވްވެފައިވަނީ މާލެއިން 36 މީހުންނާއި ރިސޯޓުތަކުން ޕޮސިޓިވްވި 35 މީހުންނެވެ. އިތުރަށް ޕޮސިޓިވްވެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުން ހަ މީހުންނާއި ސާަފާރީތަކުން ދެ މީހުންނެވެ.
މިއަދު ކޯވިޑަސް ޓެސްޓު ކޮށްފައިވަނީ 3،428 ސާމްޕަލެވެ.
މިވަގުތު ކޯވިޑަށް ފަރުވާ ދެމުން ދަނީ 1،017 މީހުންނަށެވެ. އޭގެ ތެރެއިން 79 މީހުންނަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.
ބަލި ޖެހުނު މީހުންގެ ތެރެއިން 13،639 މީހުން ވަނީ ބަލިން ރަނގަޅުވެފައި އެވެ. ކޯވިޑް ޖެހިގެން މަރުވެފައިވަނީ 49 މީހުންނެވެ.
ރާއްޖެއިން މިހާތަނަށް ކޯވިޑް ޖެހިފައިވަނީ 14،712 މީހުންނަށެވެ.
https://twitter.com/HPA_MV/status/1351944258404671488
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް