ލ.ފޮނަދޫ މަގުތައް ހެދުމުގެ ބޮޑު ބިޔަ މަޝްރޫޢުގެ ދަށުން ފޮނަދޫގެ މަގުތަކުގެ މަސައްކަތް މިހާރު ބާރު ސްޕީޑުގައި ކުރިޔައް ދާކަމީ ފޮނަދޫގެ ގިނަ ރައްޔިތުން އެކަމާއި ނުހަނު އުފާކުރާނެ ކަމެއް ކަން ޔަގީނެވެ.
ނިމި ދިޔަ ސަރުކާރުން ފޮނަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ފަށާފައިވީ ނަމަވެސް ރައީސް ޞާލިޙުގެ ސަރުކާރު އައިއިރު، އެމަސައްކަތް ވަނީ ނުނިމި އެވެ. އެހެން ނަމަވެސް މިހާރު މި ސަރުކާރުން ފޮނަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ފަށައިގެން ބާރު ދުވެލީގައި ކުރިޔައް ގެންދާކަން ފާހަގަ ކޮށްލަން ޖެހެއެވެ. އެގޮތުން ފޮނަދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން މިހާރު ބޮޑުބައެއް ވަނީ ނިމިފައެވެ.
ލ. ފޮނަދޫގައި އިތުރު 3.64 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއަޅައި، ފެންހިންދާ ނިޒާމު ގާއިމްކޮށް އަދި މަގު ބައްތި ޖެހުމަށް މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކުރެވިފައެވެ. މިއީ 53,997,930.38 ރުފިޔާގެ ޕްރޮޖެކްޓެކެވެ.
ލ. ފޮނަދޫގައި އިތުރު 3.64 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއަޅައި، ފެންހިންދާ ނިޒާމު ގާއިމްކޮށް އަދި މަގު ބައްތި ޖެހުމަށް މިއަދު އެމްޓީސީސީއާ ހަވާލުކުރެވިފައިވާކަން ހާމަކުރަމުން ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު މޫސާ ސިރާޖުު ވިދާޅުވީ ފޮނަދޫގެ މަގުތައް ހެދުމުގެ މަސައްކަތް ދަނީ ބާރަށް ކުރިޔައް ކަމަށާއި މިކަން ކުރާނީ މި ސަރުކާރުންކަމަށެވެ.
"ލ. ފޮނަދޫގައި އިތުރު 3.64 ކިލޯމީޓަރުގެ މަގުތަކުގައި ތާރުއަޅައި، ފެންހިންދާ ނިޒާމު ގާއިމްކޮށް އަދި މަގު ބައްތި ޖެހުމަށް މިއަދު ވަނީ އެމްޓީސީސީއާ ހަވާލުކުރެވިފައި. މިއީ 53,997,930.38 ރުފިޔާގެ ޕްރޮޖެކްޓެއް. ފޮނަދޫގެ މަގުތައް ތަރައްގީކުރާނީ އަޅުގަނޑުމެން. މިސަރުކާރުން." މަޖިލިސް މެމްބަރު މޫސާ ސިރާޖު ވިދާޅުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް